ސިވިލް ކޯޓާއި ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ހުޅުވާލައިފި

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމުގެ މަގާމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
ސިވިލް ކޯޓުގެ އިސް ގާޒީއަކަށް ވުމަށާއި ސިވިލް ކޯޓުގެ ގާޒީ ކަމަށާއި ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލީ އިއްޔެއެވެ.
މިމަހުގެ 19 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން މި މަގާމުތަކަށް ކުރިމަތިލުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް މި މަގާމުތަކަށް ހުށަހެޅޭނެއެވެ.
ސިވިލް ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ހުޅުވާލީ އެ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި ގއ. މާމެންދޫ ފެހިގެ، އަހުމަދު ނިމާލް، 36، ކުއްލި ގޮތަކަށް މިދިޔަ މަހުގެ ތެރޭގައި އަވަހާރަވުމާ ގުޅިގެންނެވެ.