ޚަބަރު

އެސްޓީއޯއިން ރަސަލް ހޮބްސް ގަނެގެން ދެ މީހަކަށް ސިންގަޕޫރު ދެކޮޅު ޓިކެޓް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެސްޓީއޯއިން ރަސަލް ހޮބްސްގެ އުފެއްދުންތައް ގަނެގެން ދެ މީހަކަށް ސިންގަޕޫރު ދެކޮޅު ޓިކެޓްލިބޭ ޕްރޮމޯޝަނެއް ފަށައިފިއިވެ.

Ads by STELCO

އޮކްޓޫބަރު 1ން ފެށިގެން ނޮވެމްބަރ 31 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ރަސަލް ހޮބްގެ އުފެއްދުންތައް ގަތުމަށް ހޭދަކުރާ ކޮންމެ 250 ރުފިޔާއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެއެވެ.

ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތަކަށް އެއްވަނަ އިނާމަކަށް ދެ މީހަކަށް ސިންގަޕޫރު ދެކޮޅު ޓިކެޓް ލިބޭއިރު ދެވަނަ އިނާމަކީ 75 އިންޗީގެ ފިލިޕްސް އެލްއީޑީ ޓީވީއަކާއި ޕިލިޕްސް ސައުންޑް ބާ އެކެވެ.

ތިންވަނައަށް ހޮވޭ ފަރާތަކަށް ހުށަހަޅާފައިވަނީ ހިޓާޗީ ފްރޮންޓް ލޯޑް ދޮންނަ މެޝިނެކެވެ.

ރަސަލް ހޮބްސްއަކީ 1952 ވަނަ އަހަރު ވުޖޫދުވި، ދުނިޔޭގެ ނަން މަޝްހޫރު މަގްބޫލު ބްރޭންޑެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!