ޚަބަރު

ވައްކަމުގެ މައްސަލަތައް އެންމެ ގިނައީ ހަވީރު

ދެން އެމްވީ ، ދެން އޮންލައިން

ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ހުށައެޅިފައި ވަނީ ހަވީރުގެ ވަގުތުތަކުގައި ކަމަށާ އެހެން ކަމުން އެ ވަގުތުތަކަށް މުދަލުގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އެދިއްޖެ އެވެ.

Ads by Sosun Fihaara

ފާއިތުވި 24 ގަޑިއިރު މާލޭގައި ހިނގާފައިވާ ވައްކަމާއި ފޭރުމުގެ ތަފާސް ހިސާބުތައް އާންމު ކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައިވަނީ ހަވީރު 5 އާއި 6 އާ ދެމެދު ކަމަށެވެ.

އިތުރު ފުލުހުން ނެރެގެން އެފަދަ ކަންކަން ހުއްޓުވަން މަސައްކަތް ކުރަމުންދާ ކަމަށާއި މިފަދަ ކުށްތައް ކުރާ މީހުން އަމަލުތަކަށް ސަމާލުވުމަށް ރައްޔިތުންނަށް ސީޕީ ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ސީޕީ ހަމީދު އާންމު ކުރެއްވި ތަފާސް ހިސާބު ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު މާލޭގައި ވައްކަމުގެ 10 މައްސަލައެއް ރިޕޯޓް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ މަގުމަތީގައި ބަހައްޓާފައި ހުންނަ އެއްޗެހި ނެގުމުގެ މައްސަލަތަކެވެ.

މީގެ އިތުރުން ގޭގެއިން ވައްކަން ކުރި ދެ މައްސަލައަކާއި ފިހާރައަކުން ވައްކަން ކުރި މައްސަލައެއް ފާއިތުވި 24 ގަޑިއިރު ތެރޭ ވަނީ ހުށަހަޅައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!