ހުޅުމާލެ ރެޑްވޭޭވް މޯލްގައި އުރީދޫގެ ޝޮޕް އިން ޝޮޕް ކައުންޓަރެއް
އުރީދޫ މޯލްޑިވްސް އިން ހުޅުމާލެ، ރެޑްވޭވް މޯލްގައި އުރީދޫގެ ޝޮޕް އިން ޝޮޕް ކައުންޓަރެއް ހުޅުވައިފިއެވެ.
ރެޑްވޭވް މޯލްއާއިއެކު ކުރިއަށް ގެންދާ މި ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ މަޤްސަދަކީ ކަސްޓަމަރުންނަށް މޯލްގައި ވިޔަފާރި ކުރާއިރު ލުއި ފަސޭހަކަމާއިއެކު އުރީދޫ ގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
ހަމަ އެއާ އެކު ކޭޝްލަސް އަދި އަވަސް ޕޭމަންޓް ސޮލިއުޝަންއެއް ފޯރުކޮށްދިނުމަށް ރެޑްވޭވް މޯލް އަދި ރެޑްވޭވް ގެ އެހެން ފިހާރަތަކުން ވިޔަފާރި ކުރައްވާ ބޭފުޅުންނަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާލެވޭނެއެވެ.
މިއީ އުރީދޫގެ އައުޓްލެޓަކަށް އިތުރު ދަތުރެއް ނުކޮށް ރެޑްވޭވް މޯލުން ވިޔަފާރި ކުރަން ދާ ބޭފުޅުންގެ އަގުހުރި ވަގުތު ސަލާމަތްކޮށް، ފަސޭހަކަމާއެކު ހުރިހާ ހިދުމަތެއް އެއްތަނަކުން ފޯރުކޮށްދިނުމަށް ހުޅުވިފައިފާ ޝޮޕެކެވެ.