ޚަބަރު ސަރުކާރު

އަވަސް އަރުވާލައިގެން ހައި ކޯޓަށް އިސް ފަނޑިޔާރެއް ހޯދުމަކީ ޝައްކު އުފެދޭކަމެއް: މުހުތާޒް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ވެރިކަން ބަދަލުވާން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް، އެހާ އަވަސް އަރުވާލައިގެން ހައި ކޯޓަށް އިސް ފަނޑިޔާރެއް ހޯދުމަށް އިޢުލާނުކުރުމަކީ ޝައްކު އުފެއްދުމަށް ޖާގަދެވޭކަމެއްކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުޙުސިން ވިދާޅުވެއްޖެއެވެ.

Ads by MWSC

ހައި ކޯޓަށް އިސް ފަނޑިޔާރަކު ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ ބުރާސްފަތި ދުވަހު މި އިޢުލާނުކުރީ، އެ ކޯޓުގައި އިސް ފަނޑިޔާރަކު ނެތްތާ 10 ވަރަކަށް މަސް ފަހުންނެވެ.

ކުރިން އެ މަޤާމުގައި ހުންނެވި ހާތިފް ޙިލްމީ 2022 ނޮވެންބަރު 17 ގައި ރިޓަޔާކުރެއްވުމާއި ގުޅިގެން، އެ ކޯޓުގެ ހިންގުން ވަގުތީގޮތުން ބަލަހައްޓަމުން އަންނަނީ ފަނޑިޔާރު ޙުސައިން ޝަހީދެވެ.

"ހައި ކޯޓަށް އިސް ފަނޑިޔާރު ޢައްޔަންކުރުމުގެ ފުރުސަތު ދޭން ވާނީ ހުރިހާ ގޮތަކުން ބެލިޔަސް އާ ސަރުކާރާ އެކު އުފަންވާ ޖޭއެސްސީ އަށް. މިހާ އަވަސް އަރުވާލައިގެން، ވެރިކަން ބަދަލުވާން ކުޑަ ދުވަސްކޮޅެއް އޮއްވައި މިކަން ކުރަން މިހާރުގެ ޖޭއެސްސީން އުޅޭ އުޅުމުން ޝައްކު އުފެދޭނެ" މުހުތާޒް ވިދާޅުވިއެވެ.

މުހުތާޒް ދެކިވަޑައިގަންނަވާ ގޮތުގައި މިހާ ގިނަ ދުވަސް ވަންދެން ހައި ކޯޓަށް އިސް ފަނޑިޔާރަކު އިސްނުކޮށް ހުރެފައި، ވެރިކަން ބަދަލުވުމުގެ މަރުޙަލާ ކުރިއަށްދާއިރު، ދެން އެ ފުރުސަތު އޮންނަން ވާނީ އަންނަ މަހު ހުވާކުރައްވާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި އެކުލަވާލާ ޖޭއެސްސީގެ ކޮމިޝަނަށްކަމަށެވެ.

"މި ހުރިހާ ދުވަސް ވަންދެން އިސް ފަނޑިޔާރެއް ހުންނެވީކީ ނޫން. މި ދަނޑިވަޅުގައި ތެޅިފޮޅިގެން ކުރަންޖެހޭ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. އާ ސަރުކާރާ އެކު، ޖޭއެސްސީ އަށް ވެސް އާ ބޭފުޅުން ޢައްޔަންކުރުމުގެ ފުރުސަތު އޮންނާނެ. އާ ބަންޑާރަ ނައިބެއް އައްޔަން ކުރައްވާނެ. މިނިވަން ކޮމިޝަންތަކަށް ބަދަލު ގެންނަ ނަމަ ޖޭއެސްސީގެ ރައީސް ވެސް ބަދަލުވެދާނެ" އޭނާ ވިދާޅުވިއެވެ.

ޖޭއެސްސީ މިހާރު އެކުލަވާފައިވާ ގޮތުން ބަންޑާރަ ނައިބާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސަކީ ވެސް އެ ކޮމިޝަންގެ މެންބަރުންނެވެ.

އިންތިޤާލީ މަރުޙަލާގައި ފަނޑިޔާރުން ޢައްޔަނުކުރުމަކީ ޖޭއެސްސީގެ ރޫޙާއި ޚިލާފުކަމެއްކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ހައި ކޯޓުގެ އިތުރުން ސިވިލް ކޯޓަށް ވެސް އިސް ފަނޑިޔާރަކު ހޯދުމަށް އެ ކޮމިޝަނުން ވަނީ ޢިޢުލާނުކޮށްފައެވެ.

އެ ކޯޓުގައި ހުންނެވި އިސް ފަނޑިޔާރު އަޙްމަދު ނިމާލު ޖުނައިދު ކުއްލި ގޮތަކަށް އަވަހާރަވުމާއި ގުޅިގެން އެ ކޮމިޝަނުން އެ މަޤާމަށް އިޢުލާނުކުރުމަކުން މައްސަލައެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށް މުޙުތާޒު ވަނީ ވިދާޅުވެފައެވެ.

  1. އިއްބެ

    އަމިއްލައެދުންބޮޑުވީމައިމުހުތާޒުވެސްދެފުއްކެހެރިމީހަކަށްބަދަލުވީތަ

  2. އިއްބެ

    މުހުތާޒަކީއިބުލީސްހެންމީހުނަށްވަސްވަސްދޭމީހެއްތަކުރީގައިޤާޒީއަކަށްވަސްވާސްދިނީރައީސްޔާމީނުހައްޔަރުކުރަންމިހާރުޑރމުއިއްޒަށްވަސްވާސްދެނީޕީޖީވަޒީފާހޯދައިޔާމީނުގިނަދުވަހުޖަލުގައިބެހެއްޓުމަށް

  3. ދިވެހި މުސްކުޅިން

    ޔާމީނު ބުނީ ނިކަން ވިސްނަން ތިބޭށެވެ. ކިރިޔާވެސް ވަގުތެއް ލިބިއްޖެއްޔާ އެންމެންނާ ކުރިމަތިލާނެ ކަމަށް

  4. މުއްތޭ

    ތިޔަ ކަންބޮޑުވުމަކީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވާނެ ކަމުގެ ހެއްކެއް. އެހެނީ ވެރިކަން ހިންގުމުގެ ބާރާ، އަދުލު އިންސާފް ގާއިމު ކުރުމުގެ ބާރަކީ މިނިވަން ދެބާރެއް ކަމުގަ ދެކޭ ބަޔަކު ތިޔަ ކަމާ ކަންބޮޑުވާންޖެހޭ އެއްވެސް ހަމަޔެއް ނުވިސްނުނު، ހަމައެކަނި ނުފޫޒު ފޯރުވުމުގެ ބޭނުމުގަ މެނުވީ.