ވިޔަފާރި

އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ފަލަސްތީނަށް އެހީ ވެވޭނެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އުރީދޫގެ އެމްފައިސާ ޚިދުމަތް މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ފައިސާގެ އެހީ ފޯރުކޮށްދެވޭނެ ގޮތް ހަމަޖައްސައިދީފިއެވެ.

Ads by MWSC

އުރީދޫއިން ބުނީ އެމްފައިސާ މެދުވެރިިކޮށް ހަދިޔާކުރާ ފައިސާގެެ އެހީ ފޯރުކޮށްދޭނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މެދުވެރިކޮށް ކަމަށާއި، ފައިސާ ހަދިޔާ ކުރާނަމަ އެމްފައިސާއަށް ލޮގިން ވުމަށްފަހު ސްމާޓް ޕޭ ސެލެކްޓްކޮށް ކިއުއާރްކޯޑް ސްކޭން ނުވަތަ މާޗަންޓް ނަމްބަރު 9306501 ޖަހަންޖެހޭނެ ކަމަށެވެ.

އޭގެފަހުން ބޭނުންވާ ޢަދަދު ޖެހުމަށްފަހު ކޮންފާމްކުރުމުން ފައިސާ ހަދިޔާ ކުރެވޭނެއެވެ.

ފަލަސްޠީނަށް އެހީވުމުގެ ގޮތުން ފައިސާގެ އެހީ ހޯދުމުގެ ފުރުސަތު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ވަނީ ހުވާލާފައެވެ.

އެގޮތުން އައިއޭސީން ހުޅުވާލި ފަންޑަށް އެއް ދުވަސް ތެރޭ މިލިއަނެއްހާ ރުފިޔާ ވަނީ ލިބިފައެވެ.

އިޒްރާއީލްގެ ޔަހޫދީން ފަލަސްޠީނަށް ދެމުން އަންނަ ހަމަލާތަކުގައި މިހައިތަނަށް ވަރަށް ގިނަ ބަޔަކު ޝަހީދުކޮށްލާފައިވެއެވެ. މިނިވަންކަމުގެ ދިފާޢުގައި ފަލަސްޠީނުގެ މުޖާހިދުން ކުރަމުން އަންނަ ހަނގުރާމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުން އަންނަނީ ހިތްވަރު ދީ، މުޖާހިދުންނަށް ކާމިޔާބަށް އެދެމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!