ޚަބަރު

އެމް-ފައިސާ ބޭނުންކުރާ ކަސްޓަމަރުންނަށް ޚާއްސަ ކޭޝްބެކް ޕްރޮމޯޝަނެއް

ޙައްވާ އިނާޝާ ، ދެން އޮންލައިން

އުރީދޫ އެމް-ފައިސާ ބޭނުންކުރާ ކަސްޓަމަރުންނަށް، ޚާއްސަކޮށްގެން މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ ކޭޝްބެކް ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ.

Ads by STELCO

މިކަން ހާމަކޮށް އުރީދޫއިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ބްލެކް ޕާލް، މީޓް ސްޓްރީޓް، ގްލޯރިއާ ޖީންސް، ޕިއްޒާ އެންޑް ޕާސްތާ މާމާ މިއާ، ހޮޓް ޑިޝް އަދި ވީއާރް ކެފޭގެ ގޭމްތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް، ބިލްގެ 10 ޕަސެންޓް އަނބުރާ ވޮލެޓަށް ވަގުތުން ޖަމާވާނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ކަމަށް އުރީދޫއިން ހާމަކުރެއެވެ.

އެމް-ފައިސާއަށް އުރީދޫ އެޕް މެދުވެރިކޮށް ރެޖިސްޓާ ވެވޭނެއެވެ.

1.އުރީދޫ އެޕް ޑައުންލޯޑް ކުރައްވާ http://ore.do/app

2. އެމް-ފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަން އަށް ފިތާލައްވާ

3. އެކައުންޓް އެކްޓިވޭޓް ކުރުމަށް ބޭނުންވާ ތަފްސީލްތައް ފުރުމަށްފަހު ފޯނަށް ލިބޭ އޯޓީޕީ ޖައްސަވާ

4. މޮބައިލް ނަންބަރު ޖެއްސެވުމަށް ފަހު ހަތަރު ޑިޖިޓްގެ ޕިންއެއް ސެޓް ކުރައްވާ

5. މޮބައިލް ނަމްބަރާއި ހަތަރު ޑިޖިޓްގެ ޕިން ޖައްސަވާ

6. ފޯނަށް ލިބޭ އޯޓީޕީ ޖެއްސެވުމަށް ފަހު ރަޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!