ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޚާއްސަ ގައުނެއް ތައާރަފްކޮށްފި

އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭނުންކުރާ ގޮތަށް ޚާއްސަ ގައުނެއް އެ ކޯޓުން މިއަދު ތައާރަފްކޮށްފިއެވެ.
އެގޮތުން ސުޕްރީމް ކޯޓުން ބުނީ މިއަދު ތައާރަފްކުރި ގައުނު ފަރުމާ ކޮށްފައި ވަނީ އިސްލާމީ ތާރީޚާއި ރާއްޖޭގެ ސަގާފަތާއި ޝަރުއީ ދާއިރާގެ މިނިވަންކަން ރަމްޒުކޮށްދޭ ގޮތަށް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ތުރު ކުރައްވާނީ ރަން ކުލައިގެ ދެ ފަށުގެ ރޭނދާއެއް ލާފައިވާ ގައުނެއް ކަމަށާއި ސްޕްރީމް ކޯޓުގެ ދެން ތިއްބެވި ފަނޑިޔާރުންގެ ގައުނުގައި ހުންނާނީ އެންމެ ރޭނދާއެއް ކަމަށް އެ ކޯޓުން ހާމަކުރެއެވެ.
ހަމަ އެހެންމެ ތިލަފަތަކާއި ތިން ތަރިއެއް ހިމެނޭ ޑިޒައިނެއް ވެސް ރޭނދާގައި ހިމަނާފައިވާ ކަމަށް އެ ކޯޓުން ހާމަކުރެއެވެ. އަދި މިއީ ޝަރުއީ ދާއިރާގެ މިނިވަންކަން ރަމްޒުކޮށްދޭ ޑިޒައިނެއް ކަމަށް އެ ކޯޓުން ބުނެފައި ވެއެވެ،
ސްޕްރީމް ކޯޓުގެ ގައުނުގެ ރޭނދާގެ ޑިޒައިންގެ އެއްބައި ފަރުމާކޮށްފައި ވަނީ މާލޭގެ ހުކުރު މިސްކިތުގައި ހުންނަ ހިރިގަލުގެ ފަރުމާ އަސްލަކަށް ބަލައިގެން ކަމަށް އެ ކޯޓުން ހާމަކުރެއެވެ.
ޖުޑިޝަރީގެ ފައިސާކޮޅު ބަޔަކަށްދީ ހުސްކޮށްލަނީ، މުވައްޒަފުންނަށް ނުދީ !