ފަލަސްތީނުގެ މުސްލިމުންނަށް ނަސްރު ދެއްވުން އެދި ހުރިހާ މިސްކިތެއްގައި ޤުނޫތު ނާޒިލާ ކިޔަން އަންގައިފި

ފަލަސްތީނަށް ނަސްރު ދެއްވުންއެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޤުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ ޣައްޒާއާއި ފަލަސްތީނުގެ މުސްލިމު އަޚުންނާ އުޚްތުންނަށް ނަޞްރު ދެއްވުން އެދި، ދިވެހިރާއްޖޭގެ ހުރިހާ މިސްކިތެއްގައި، އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހުރަކުޢަތުގެ އިޢުތިދާލުގައި ޤުނޫތު ނާޒިލާ ކިޔުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ސާރކިއުލަރ އަކުން އަންގާފައިވާނެ ކަމަށެވެ.

އެހެންކަމުން އެގޮތަށް ހުރިހާ މިސްކިތެއްގައި އަމަލު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ. ކޮވިޑްގެ ބަލިމަޑުކަމާއެކު ވެސް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ވަނީ ޤުނޫތު ނާޒިލާ ކިޔައިފައެވެ.
ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތްކަމަށްވާ ހަމާސްއިން ޔަހޫދީންގެ ދަޢުލަތް، އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އަޅައި ފަލަސްޠީނުގެ އެތައް ސަތޭކަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
ކުފުރުގެ އަހުލުވެރިން އިސްރާއީލާއި އެއްކޮޅަށް އަރައިފި، މިވަގުތަކީ ފަލަސްތީނާއި އެއްކޮޅަށް މުސްލިމުން އެކަތިގަޑަކަށްވެ އެއްފަހަރާއި ހަމަލާދީ ﷲ ގެ ނަސްރާއި ކާމިޔާބް ހޯދަންވީ ވަގުތު !
{كتب الله لاغلبن انا ورسلي } {نصر من الله وفتح قريب } { علا إن نصر الله قريب }