ޚަބަރު

އުރީދޫން ގަސް އިންދާ ސްމާޓް ޕޮޓެއް ހޯދުމުގެ ފުރުޞަތު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޤައުމީ ދަނޑުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ގަސް އިންދާ ސްމާޓް ޕޮޓެއް ހޯދުމުގެ ފުރުޞަތު އުރީދޫ މޯލްޑިވްސް އިން ހުޅުވައިލައިފިއެވެ.

Ads by MWSC

މި ޕޮޓް ހޯދުމަށް ކުރަން ޖެހޭނެ ކަމަކީ ގޭގައި އިންދާފައި ގަހެއްގެ ފޮޓޯއެއް ނެގުމެވެ.

އަދި ފޮޓޯ ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްލަންވީއެވެ.

ފޮޓޯ ޕޯސްޓް ކުރާއިރު ހޭޝްޓެގް "ގްރޯ ވިތް އުރީދޫ" ބޭނުންކޮށް އުރީދޫ އަދި ޒުވާން ދަނޑުވެރިޔާ ޓެގް ކޮށްލަންވީއެވެ.

އުރީދޫއިން މި ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިން މިމަހުގެ 21 ގެ ނިޔަލަށެވެ.

އުރީދޫއިން ހުޅުވާލި މި ފުރުސަތުގައި ދޭ ސްމާޓް ޕޮޓަކީ "ގްރޯ ވިތު އުރީދޫ" ގެ އެމްބެސެޑަރ ޒުވާން ދަނޑުވެރިޔާ ރަމްޒީގެ ފަރާތުން ނަސީބު ވެރިފަރާތަކަށް ދޭ ހަދިޔާއެއް ކަމަށް އުރީދޫއިން ހާމަކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!