ޚަބަރު އިޖުތިމާޢީ

ކަނޑުހުޅުދޫ ސީހޯސް ދޯނިން ޣައްޒާގެ ރައްޔިތުންނަށް ބައި ލައްކަ ރުފިޔާގެ އެހީއެއް ދެނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ގއ. ކަނޑުހުޅުދޫ ސީހޯސް ދޯނިން ފަލަސްތީނުގެ މުސްލިމު އަހުންނާއި އުހުތުންނަށް އެހީވުމަށް، ޣައްޒާ ފަންޑަށް 50،000 ރުފިޔާގެ އެހީއެއް ވެދޭން ނިންމައިފިއެވެ.

Ads by MWSC

މިކަން ހާމަކޮށް "ސީހޯސް ދޯނި 3" ގެ ކެޔޮޅެއް ކަމަށްވާ ރަޝީދު އަބްދުﷲ ވިދާޅުވީ ފާއިތުވި ހަފްތާގައި އެދޯނިން ބޭނި 50 ޓަނުގެ މަހުން 2 ޓަނުގެ މަހަށްވާ ފައިސާ ފަޅުވެރިންގެ ފަރާތުން ފަލަސްތީނު ފަންޑަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ފާއިތުވި ހަފްތާގައި ބާނާފައިހުރި 50 ޓަނުގެ މަހުގެ ތެރެއިން 2 ޓަނުގެ މަހަށްވާ ބައިލައްކަ ރުފިޔާ ޣައްޒާގެ އަނިޔާ ލިބެމުންދާ ރައްޔިތުންނަށް ހަދިޔާ ކުރުމަށް ނިންމީ ދޯނީގެ ހުރިހާ ފަޅުވެރިންގެ އިސްނެގުމުގެ މަތިން ކަމަށް ވެސް ރަޝީދު ހާމަކުރެއެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަށް ދިވެހި ސަރުކާރާއި ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ޖަމިއްޔާ ޖަމާއަތްތަކާއި އާންމު ފަރުދުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މީގެ އިތުރުން އަނިޔާ ލިބެމުންދާ ފަލަސްތީނުގެ މުސްލިމުންނަށް އެހީވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖަމިއްޔާތަކާއި އާންމު ފަރުދުން ގުޅިގެން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!