ޚަބަރު

މެލޭޝިއާއިން ރާއްޖެއައި ދިވެހި މީހާ ކޮވިޑް-19 އަށް ނައްސިވެއްޖެ

މެލޭޝިއާއިން މިއަދު ރާއްޖެއައި ދިވެހި މީހާ ކޮވިޑ-19 އަށް ނައްސިވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ބުނީ ވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާއި އެއް އިމާރާތެއްގައި ދިރިއުޅުމަށްފަހު މެލޭޝިއާއިން ރާއްޖެއަށް އައި ދިވެއްސެއްގެ ގައިން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އެފަރާތުގެ ސާމްޕަލް ނަގާ ޓެސްޓްކުރުމަށް ފަރުކޮޅުފުށީގައި އެކަހެރިކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭއިން ދެންމެ ބުނީ އެ މީހާ ޓެސްޓުކުރި އިރު ކޮވިޑް-19 އަށް ނައްސިވެފައިވާ ކަމަށެވެ.

އިއްޔެ ވަނީ އިޓަލީން އައި ދެ ދިވެއްސަކާއި ޗައިނާއިން ދިވެއްސަކު ފަރުކޮޅުުފުށީގައި ކަރަންޓީން ކޮށްފައި އެވެ. މިވަގުތު ފަރުކޮޅުފުށީގައި ކަރަންޓީން ކޮށްފައި ތިބި މީހުންގެ ތެރެއިން ވައިރަސްއަށް ޓެސްޓު ކުރި ދިވެއްސެއްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް ރޭ އެޗްޕީއޭއިން ހާމަ ކުރި އެވެ.

އާންމު އުސޫލެއްގެ ދަށުން މިހާރު އަމަލު ކުރަމުންދާ ގޮތުން ބަލި ފެތުރެމުންދާ ގައުމަކުން އަންނަ ދިވެހިން 14 ދުވަސް ވަންދެން ކަރަންޓީން ފެސިލިޓީގައި މަޑު ކުރަން ޖެހެ އެވެ. އެކަމަކު ބަލީގެ އަލާމާތެއް ފެންނަން ނެތް ނަމަ ކޮރޯނާ ވައިރަސްއަށް ޓެސްޓެއް ނުކުރެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!