ދުނިޔެ

ޗައިނާއިން އިޤްތިޞާދު ހިސާރުކުރުން; ދުނިޔެއިން ފިޔަވަޅު އަޅަން ޖެހޭ?

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖަޕާނުން ސީފުޑް އެތެރެކުރުން ޗައިނާއިން މަނާކުރަމުން ދަނީ ޖަޕާނުގެ މައްޗަށް ބާރު ފޯރުވުމަށް ޓަކައި ބާގެނިން ޗިޕެއްގެ ގޮތުގައި ވޭސްޓްވޯޓާ ބޭނުންކުރުމުގެ ވިސްނުން ގެންގުޅޭތީ، އެގައުމާ ދެކޮޅަށް އަޅާފައިވާ ޑި ފެކްޓޯ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓަމުންނެވެ. ނިކްކީ އޭޝިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ގޮތަށް މަނާކޮށްފައި ވަނީ ފުކުޝީމާ ޑައިޗީ ނިއުކްލިއާ އިންޖީނުގެއިން ޓްރީޓެޑް ވޭސްޓްވޯޓާ ދޫކުރުމާ ގުޅިގެންނެވެ.

Ads by Sosun Fihaara

ބެއިޖިންގެ ވިސްނުން ވަރަށް ސާފުވެފައި ވަނީ ޖަޕާނުގެ މައްޗަށް ބާރު ގަދަކުރުމަށް ޓަކައި ބާގެނިން ޗިޕެއްގެ ގޮތުގައި ވޭސްޓްވޯޓާ ބޭނުންކުރަން ބޭނުންވާ ކަމަށެވެ. މީގެ އިތުރުން ޓައިވާނާއި އެޑްވާންސް ޓެކްނޮލޮޖީ ޗައިނާއަށް ބަދަލުކުރުމަށް އަޅާފައިވާ ހުރަސްތަކުގެ މައްސަލާގައި ޓޯކިޔޯއިން އެމެރިކާއާ އިތުރަށް އެއްބާރުލުން ނުދޭނެކަމުގެ ޔަގީންކަން ޗައިނާގެ ލީޑަރުން ގެންދަވަނީ ކުރައްވަމުންނެވެ.

މިދިޔަ މަހު އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ ޖެނެރަލް ކޮންފަރެންސްގައި ބައިވެރިވި ޗައިނާގެ ވަފުދުން ވަނީ ދޫކުރާ ފެނަކީ ނިއުކްލިއާ ތަޣައްޔަރުވެފައިވާ ކުނިފެން ކަމަށް ސިފަކޮށްފަ އެވެ.
އެހެން ނަމަވެސް މި ބައްދަލުވުމުގައި ޖަޕާން އެހާ ހިތްވަރުގަދަ ބަހުން ކުށްވެރިކޮށްފައި ނުވާ ކަމަށް ނިކީ އޭޝިއާ އިން ބުނެ އެވެ.

ޖަޕާނަށް މިފަދަ ހަމަލާއެއް ދިން ހަމައެކަނި ގައުމަކީ ޗައިނާ ކަމަށް ވިޔަސް، ދަތިކުރުމުގެ ފިޔަވަޅުއެޅުމުގެ ކުރިން ޖަޕާނުގެ ސީފުޑް އެކްސްޕޯޓްކުރި މީހުންގެ ގާތްގަނޑަކަށް 20 އިންސައްތަ ހިއްސާކުރަނީ މެއިންލޭންޑް ޗައިނާއިން ކަމަށްވާތީ، މި މަނާކުރުމުގެ ސަބަބުން އަވަށްޓެރި ގައުމަށް ވަނީ ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފަ އެވެ. މީގެ އިތުރުން ސްކެލޮޕްސްގެ ކާޑުގެ ނިސްބަތަކީ ގާތްގަނޑަކަށް 50 ޕަސެންޓެވެ.

ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓާ ގުޅިފައިވާ ޕްރެޝަރުތައް ބޭނުންކޮށްގެން ޗައިނާއިން ދަނީ އެހެން ގައުމުތަކަށް ބިރު ދައްކައި، އެ ގައުމުތަކުގެ ޑިމާންޑްތައް ބަލައިގަންނަން މަޖުބޫރު ކުރުވަމުން ކަމަށާއި އެއީ އިގްތިސާދީ ގޮތުން މަޖުބޫރު ކުރުވުން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!