ޚަބަރު

އޮބްލޫ-ސަނެގެލި ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވޭ ދެ މީހަކު ޓެސްޓު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެންނާތީ އޮބްލޫ-ސަނެގެލި ރިސޯޓުން ދެ ބިދޭސީއަކު ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީން(އެޗްޕީއޭ) އިން ބުނީ ޓެސްޓްގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މިހާރު ވަނީ މޮނިޓަރިން ހާލަތަށް ގެނެވިފައިކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް އަށް ބިދޭސީއަކު ވަނީ ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވްވި އަށް މީހުންނަކީ ކުރެއްދޫ ރިސޯޓުގެ ހަތަރު މީހަކާއި، ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިންގެ އިތުރުން ކުރަމަތި އައިލޭންޑް ރިސޯޓުގައި ތިބި ދެ ބިދޭސީއެކެވެ.

ކޮރޯނާވައިރަހަށް ރާއްޖެއިން ބަޔަކު ޕޮޒިޓިވް ވެފައިވާއިރު، ސަރުކާރުން މިއަދު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!