ދުނިޔެ

އިންޑިއާއަށް ގަގަންޔާން މުހިންމުވަނީ ކީއްވެ?

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާއިން ޖައްވަށް ކުރާ އެންމެ އުއްމީދީ ދަތުރު ފަށަނީ ގަގަންޔާން މިޝަން ފެށުމުންނެވެ. އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު އިސްރޯ އިން 9000 ކްރޯޑް ރުޕީސްގެ ގަގަންޔާން މިޝަންގެ ޓީވީ-ޑީ1 ނުވަތަ ޓެސްޓް ވެހިކަލް ޑީ1 ޓެސްޓު ކުރާނެ އެވެ.

Ads by WAMCO

މި ޓެސްޓުން ކްރޫ އެސްކޭޕް ސިސްޓަމަށް އިސްރޯގެ ގާބިލުކަން ބަލާނެ އެވެ. މި ނިޒާމުގެ ބޭނުމަކީ ޓްރާންސޮނިކް ރޭންޖުގައި ފެއިލްވެއްޖެ ނަމަ ނުވަތަ އެކްސިޑެންޓެއް ހިނގައިފި ނަމަ ނުވަތަ އަޑުގެ ބާރުމިނުގައި ހިނގައްޖެ ނަމަ އިންޑިއާގެ އެސްޓްރޮނޯޓުން ނުވަތަ ގަގަނައުޓްގެ ފުރާނަ ސަލާމަތް ކުރުމެވެ. ނުވަ މިނެޓަށްވުރެ ކުޑަ މުއްދަތަކަށް ކުރިއަށް ގެންދާ މި ޓެސްޓުގައި 17 ކިލޯމީޓަރު ގެ އުސްމިނުގައި އެކްސިޑެންޓް ސިނާރިއޯއެއް ސިމިއުލޭޓް ކުރެވިގެންދާނެ ކަމަށާއި، މި ޓެސްޓުގެ ސަބަބުން ހަލުވިކަމާއެކު ފަޔަރިން ކުރާ ފަސް މޯޓަރުގެ ސަބަބުން ފަޅުވެރިން ބަހައްޓާ ކޮމާންޑް މޮޑިއުލް ކޮންޓްރޯލުން ނެއްޓި ރޮކެޓުން މަދުވެގެން 2 ކިލޯމީޓަރު ދުރަށް ގެންދެވޭކަން ކަށަވަރުވެގެންދާނެ ކަމަށެވެ.

ގަގަންޔާން މިޝަންއަކީ އިންޑިއާގެ ޖައްވަށް އަރައިގަތުމުގައި ހާއްސަ ޖާގައެއް އޮންނަ މިޝަންއެކެވެ. މި މިޝަންގެ އެންމެ ބޮޑު ކާމިޔާބީއަކީ ދިރިހުރި އިންސާނުން ޖައްވަށް ފޮނުވުމުގެ އިތުރުން ރައްކާތެރިކަމާއެކު އަނބުރާ ގައުމަށް ގެނައުމަށް ޓެކްނިކަލް ގޮތުން ވަސީލަތްތައް ހަމަޖެއްސުމެވެ.

މި ސްކޭލްގެ މިޝަނަކަށް ގިނަ ޓެކްނޮލޮޖީތަކުގެ ކޮންވާޖެންސެއް ބޭނުންވާއިރު، ތްރަސްޓާތަކަށް ބޭނުންކުރާ ރޮކެޓްރީއިން ފެށިގެން ކޮންޓްރޯލްޑް ފްލައިޓަށް ބޭނުންވާ ފްލުއިޑް މެކޭނިކްސް އާއި ލައިފް ސަޕޯޓް ސިސްޓަމްތައް އުފެއްދުމަށް ބަޔޯސައިންސަސް އަދި ކޮމްޕޯނެންޓްތަކަށް ބޭނުންވާ މެޓީރިއަލް ސައިންސް، ހާއްސަކޮށް ހީޓް ޝީލްޑް ފަދަ ހައި-ރެސިސްޓެންސް ޓެކްނޮލޮޖީތައް ބޭނުންވެ އެވެ. މި ހުރިހާ ސިސްޓަމްތަކާއި ޓެކްނޮލޮޖީތަކުން ވެސް މިޝަން ކާމިޔާބު ކުރުމަށް ޓަކައި ފުރިހަމަ އެއްބައިވަންތަކަމާއެކު މަސައްކަތް ކުރަން ޖެހޭ އިރު، އޮޅުވާލުމުގެ ޖާގަ އަކީ ޒީރޯ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!