ޖުމްހޫރީ މައިދާނުގައި ބާއްވާ ހަރަކާތަކާއި ގުޅިގެން މިއަދު ހަވީރު އެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުގެންނަނީ
ޖުމްހޫރީ މައިދާނުގައި ބާއްވާ ހަރަކާތަކާއި ގުޅިގެން މިއަދު ހަވީރު އެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުގެންނާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ޤައުމީ އެމްބިއުލާންސް ސަރވިސަސްގެ ޚިދުމަތް ފެށުމުގެ ގޮތުން ޖުމްހުރީ މައިދާނުގައި މިއަދު ހަރަކާތެއް ބާއްވަން ހަމަޖެހިފައިވާކަމަށެވެ. އެހެންކަމުން އެ ހަރަކާތް ނިމެންދެން އެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަސް ބަދަލުތަކެއް ގެންނާނެކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އެގޮތުން، އެ ހަރަކާތާއި ގުޅިގެން ޓްރެފިކް ފްލޯއަށް ބަދަލުގެނެވޭނީ ހަވީރު 17:00 އިން ފެށިގެން އެ ހަރަކާތް ނިމެންދެން ކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.
Ads by STO