ޚަބަރު

ރޭ ހައްޔަރުކުރި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝުމްބާ ދޫކޮށްލައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

މާރާމާރީ ހިންގިކަމަށް ތުހުމަތުކޮށް ރޭ ހައްޔަރުކުރި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) މިއަދު ދޫކޮށްލައިފިއެވެ.

Ads by Sosun Fihaara

ޝުމްބާ ހައްޔަރުކޮށްފައި ވަނީ ސިއްރު ކެމެރާ ހަރުކޮށްގެން ކުޑަކުއްޖެއްގެ ބަރަހަނާ ވީޑިއޯ ރެކޯޑްކުރި ކަމުގެ ތުހުމަތުކުރެވޭ މީހަކު މަގުމަތިން ހިފަހައްޓައި އަނިޔާކުރި ކަމަށް ތުހުމަތު ކޮށެވެ.

ނަމަވެސް ޝުމްބާގެ ވަކީލު މުހައްމަދު ހަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝުމްބާ ހައްޔަރުކުރީ ބަޔަކު އެއްވެގެން އުޅޭތީ އެކަން ކަވަރުކުރަން ގޮސް ހުއްޓާ ކަމަށާއި އޭނާ މާރާމާރީއެއް ނުހިންގާ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުކޮށްފައި ދޫކޮށްލާފައިވާ ކަމަށެވެ.

ކުޑަ އަންހެންކުއްޖެއްގެ ކޮޓަރީގައި ސިއްރު ކެމެރާ ހަރުކޮށް ވީޑިއޯ ރެކޯޑްކުރާ މީހެއް އަތުލައިގެންފައިވާ ކަމަށް ބުނެ ސިފައިންގެ މީހެއްގެ ގައިގައި ދެލި އުނގުޅާފައިވާ ފޮޓޯ ރޭ 22:00 ހާއިރު ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!