ފަލަސްތީނުގެ ސަރުކާރުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލްއާ ޝާހިދު ބައްދަލުކުރައްވައިފި

ފަލަސްތީނުގެ ސަރުކާރުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލް، ރާގިބް އަހުމަދު ހަލަފް އާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި އޮނަރަރީ ކޮންސުލްގެ މަގާމުގެ ފަތްކޮޅު ރާގިބް ޙަވާލުކުރެއްވީ މިނިސްޓަރު ޝާހިދުއެވެ.
މިއަދުގެ ބައްދަލުވުމުގައި ރާއްޖެއާއި ފަލަސްތީނާ ދެމެދު މެދުކެނޑުމެއްނެތި އޮތް ބަދަހި ގުޅުން އިތުރަށް ވަރުގަދަ ކުރަން ދެ ބޭފުޅުންވެސް މަޝްވަރާކުރެއްވި އިރު، ދިވެހި ސަރުކާރާއި ދިވެހިން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއި ދައުލަތާއި އެކީގައި ތިބޭނެކަމުގެ ޔަޤީންކަން ޝާހިދުވަނީ އަރުވާފައެވެ.


ފަލަސްޠީނުގެ ހަނގުރާމަވެރި ހަމާސް ޖަމާޢަތުން، ޔަހޫދީންގެ އަނިޔާވެރިކަމަށް ބަދަލު ހިފުމަށް އިޒްރޭލަށް ދިން "ސަޕްރައިޒް އެޓޭކް"އަށް ފަހުގައި، އިޒްރޭލުން ޣާޒާއަށް ބޮން އަޅަން ފަށާފައިވާއިރު އެމީހުންގެ މައިގަނޑު އަމާޒަކީ އާއްމުން އުޅޭ ގެތަކާއި، މިސްކިތްތަކާއި، ރައްކާތެރިކަން ހޯދަން ފަލަސްޠީނުގެ ރައްޔިތުން ބަދަލުވާނެ ތަންތަނެވެ.
ބޮން އަޅައި ވައްޓައިލައިފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުންގެ އަދަދު މަތިވަމުން އަންނައިރު، ޔަހޫދީން ޝަހީދުކޮށްލި ކުޑަކުދިންގެ އަދަދު އިތުރުވާނެ ކަމަށް ފަލަސްޠީނުގެ އިންޓީރިއަރ މިނިސްޓްރީން ބުނެއެވެ.
މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޣާޒާއިން ކަރަންޓު ކަނޑައިލައި ކާބޯތަކެތި ލިބޭނެ މަގުތައް ބަންދު ކުރިއިރު، ޔަހޫދީންގެ އިންޒާރާއެކު ޣާޒާގެ އުތުރުގައި އުޅޭ އެތައްހާސް ބަޔަކު ވަނީ އެ ސިޓީގެ ދެކުނަށް ހިޖުރަ ކުރަން ވެސް މަޖުބޫރުވެފައެވެ.