މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ ރޭ ހަނދު ކޭތަ ނަމާދު ކުރާނެ

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތެއްގައި މާދަމާރޭ ހަނދުކޭތަ ނަމާދުކުރުން އޮންނާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.
މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ މާދަމާރޭ ހަނދުކޭތައެއް ހިފާނެ ކަމަށާއި މި ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 23:01 ގައި ކަމަށެވެ.
މި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެރޭގެ މެންދަމުން އަލިވެ 1:14 ގައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި މި ކޭތަ ވީއްލާނީ ރާއްޖެ ގަޑިން މެންދަމުން އަލިވެ 3:26 ގައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތެއްގައި މާދަމާރޭ މެންދަމުން އަލިވެ 1:15 ގައި ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމު ރަށްރަށުގެ ކައުންސިލު އިދާރާތަކުން ހަމަޖެއްސައި ދިނުމަށް މިނިސްޓްރީން ނެރުނު ސާކިއުލާގައި އެދިފައި ވެއެވެ.