Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބައިސްކޯފުގެ "ފަލަސްތީނާއެކު ފަންނާނުން" ފިލްމު ފެސްޓިވަލް ޝްވެކް ސިނަމާގައި

ބައިސްކޯފުގެ "ފަލަސްތީނާއެކު ފަންނާނުން" ފިލްމު ފެސްޓިވަލް ޝްވެކް ސިނަމާގައި
ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުން ގުޅިގެން ކުރިއަށް ގެންދާ ފަންޑް ރައިސިންގ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ފިލްމު ފެސްޓިވަލް ޝްވެކް ސިނަމާގައި ބޭއްވުމަށް ނިންމައިފިއެވެ. ބައިސްކޯފުން އިސްނަގައިގެން ބާއްވާ މި ހަރަކާތުގައި، ދިވެހި ފިލްމީ ދާއިރާގައި އެންމެ މަޤްބޫލުވި ފިލްމުތައް އޮލިމްޕަސްގައާއި ޝްވެކް ސިނަމާގައި ވަނީ ތާވަލުކޮށްފައެވެ. އެގޮތުން މާދަމާ ރޭ އޮލިމްޕަސް އަދި ޝްވެކް ސިނަމާގައި 20:30 ގައާއި 23:30ގައި ފިލްމުތައް އެޅުވުމަށް ހަމަޖެހިފައިވެއެވެ.

ހުޅުމާލޭ ޝްވެކް ސިނަމާގައި:

  • ރޭގަނޑު 20:30 - ފިލްމު ވިޝްކާ
  • ރޭގަނޑު 23:30 - ފިލްމު ނިވައިރޯޅި

މާލޭ ޝްވެކް ސިނަމާގައި:

  • ރޭގަނޑު 20:30 - ފިލްމު މާމުއި
  • ރޭގަނޑު 23:30 - ފިލްމު ބޮސް
ކޮންމެ ފިލްމެއްގެ ޓިކެޓުގެ އަގަކީ 100 ރުފިޔާއެވެ. އަދި ޓިކެޓު ބުކްކުރުމަށް 9758808 އަށް ގުޅައިގެން ވަގުތުން ބުކްކުރެވޭނެއެވެ. މި ހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް މޯލްޑިވިސް ރެޑް ކްރެސެންޓްއަށް ހަދިޔާކުރުމަށް ނިންމާފައިވާކަމަށް ބައިސްކޯފުން ބުނެފައިވެއެވެ. މީގެ އިތުރުންވެސް ފަލަސްތީނަށް އެހީވުމުގެ ގޮތުން އަންނަ މަހުގެ ދެވަނަ ދުވަހު އޮލިމްޕަހުގައި "ފަލަސްތީނާއެކު ފަންނާނުން" ގެ ނަމުގައި ހަރަކާތެއް އޮންނާނެކަމަށް ބައިސްކޯފުން ބުނެއެވެ. މި ހަރަކާތް ބަލާލުމަށް ފީ އެއްގެ ގޮތުގައި 150 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ. ރޭގަނޑު 20:30 ން 00:00 އަށް އޮންނަ މި ހަރަކާތުގައި 47 ފަންނާނުން ބައިވެރިވާނެކަމަށް މައުލޫމާތުލިބިފައިވެއެވެ. ފަލަސްތީނަށް އެހީވުމުގެ ގޮތުން ދިވެހި ފަންނާނުން ގެންދަނީ ތަފާތު އެކި ހަރަކާތްތައް ހިންގަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް