ފްރެންޑްސްގެ ތަރި, ޗެންދްލާ ގެނބިގެން މަރުވެއްޖެ

އިނގިރޭސި މަޝްހޫރު ސިޓްކޮމް ފްރެންޑްސް އިން މަޤްބޫލުކަން ހޯދި, އެ ސީރީޒްގައި ޗެންދްލާގެ ރޯލު ކުޅުނު މެތިއު ޕެރީ މަރުވެއްޖެއެވެ.
ބޭރުގެ ޚަބަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ އޮއްވާ ފެނިފައިވަނީ ގޭގައި ހުރި ޖަކޫޒީގައެވެ. އޭރު ކައިރީގައި މަސްތުވާތަކެތި ނެތް ކަމަށާއި, މަރުވި ގޮތް ތަޙްޤީޤް ކުރަމުންދާނެ ކަމަށް ފުލުުހުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. މެތިއު މަރުވިއިރު އޭނާގެ އުމުރަކީ 54 އަހަރެވެ.
ފްރެޑްސް ސީރީޒްއަކީ 1994 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް ނެރުނު ސީރީޒްއެކެވެ. މި ސީރީޒް މިހާރު ވެސް މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމުތަކުން ބަލާލެވެއެވެ. ފްރެންޑްސްގެ އިތުރުން ހޮލީވުޑްގެ ފިލްމުތަކާއި, ސީރީޒްތަކުން މެތިއު ފެނިގެން ގޮސްފައެވެ.