ޗައިނާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ހުރަސް އަޅާތީ ކަންބޮޑުވުން

ޗައިނާގައި 2016 ވަނަ އަހަރު ޗެރިޓީތައް ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ މަގްސަދަކީ ޖާސޫސްކުރުމާ ދެކޮޅު އޮފިޝަލުން ހިމެނޭ ގޮތަށް ގާނޫނު ތަންފީޒުކުރާ ގިނަ އިދާރާތަކުން މިފަދަ ހުރިހާ އިދާރާއެއް ބެލެހެއްޓުމެވެ.
ޗެރިޓީ ގާނޫނަށް އިސްލާހު ގެނައުމުގެ ޑްރާފްޓް އެގައުމުގެ އެންމެ މަތީ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) ގެ ވެބްސައިޓުގައި މިއަދު ވަނީ އާންމުކޮށްފަ އެވެ.
އެ ޕޯސްޓުގައި ބުނެފައި ވަނީ މިދިޔަ އަންގާރަ ދުވަހު ނިމުނު ޖަލްސާގައި އެ ހުށަހެޅުންތަކާ މެދު މެމްބަރުން މަޝްވަރާ ކުރެއްވި ކަމަށާއި އެ ހުށަހެޅުންތަކަށް އާންމުންގެ ހިޔާލު ހޯދުމަށް 30 ދުވަސް ވަންދެން ފުރުސަތު ހުޅުވާލާނެ ކަމަށެވެ.