ޚަބަރު

ޣައްޒާގެ 30 ހޮސްޕިޓަލަކުން ޚިދުމަތެއް ނުދެވޭ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިޒްރޭލްގެ ޔަހޫދީންނާއި ފަލަސްޠީނުގެ މުޖާހިދުންނާއި ދެމެދުގައި ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ެޣައްޒާގެ 30އަށްވުރެ ގިނަ ހޮސްޕިޓަލް ބަންދުކޮށްފިއެވެ.

Ads by Hajj Corporation

އިޒްރޭލުން މިހާރު ވެސް ދަނީ މެދުކެނޑުމެއް ނެތި، ޣައްޒާގެ ވައިގެ ހަމަލާތައް ފޮނުވަމުންނެވެ. މި އުދުވާނީ ހަމަލާތަކުގައި ދުވާލެއްގެ މައްޗަށް އެތައް ބަޔަކު ޝަހީދުކޮށްލައެވެ.

ހަމާސް އިން ކޮންޓްރޯލް ކުރަމުން އަންނަ ޣައްޒާގެ ހެލްތް މިނިސްޓްރީގެ އޮފިޝަލުންނާއި ހަވާލާދީ އަލްޖަޒީރާއިން ބުނީ ޔަހޫދީ ނިރުބަވެރީން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން، ތެލާއި ސިއްހީ ސާމާނު ހުސްވެ، 30އަށްވުރެ ގިނަ ހޮސްޕިޓަލް ބަންދުކޮށްފައިވާ ކަމަށާއި، އެތައް ހޮސްޕިޓަލްތަކެއްގައި ހަމަ އެކަނި ޚިދުމަތް ދެމުންގެންދަނީ އިމަރޖެންސީ ޑިޕާޓްމެންޓްގައި ކަމަށް ވެސް ބުނެފައިވެއެވެ.

އަލްޖަޒީރާއިން ބުނެފައިވަނީ ޣައްޒާގެ "ނަސްރް" ހޮސްޕިޓަލުގައި ވެސް ޚިދުމަތް ދެނީ  އިމަޖެންސީ ޑިޕާޓްމެންޓްގައި ކަމަށެވެ.

ޔަހޫދީ ނިރުބަވެރިން ވަނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހަމާސްގެ 450 މަރުކަޒަކަށް ހަމަލާ ދީފައެވެ.

މީގެ ތެރޭގައި ހަމާސްގެ އޮބްޒަރވޭޝަން ޕޯސްޓްތައް ވެސް ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!