ޚަބަރު އިޖުތިމާޢީ

އާބަންކޯއިން ފަލަސްތީނަށް އެހީވުމަށް ފަންޑް ރައިސިންގް އިވެންޓެއް ބާއްވަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

އާބަންކޯއިން ފަލަސްތީނަށް އެހީވުމަށް ފަންޑް ރައިސިންގް އިވެންޓެއް ބާއްވަން ނިންމައިފިއެވެ.

Ads by STELCO

އާބަންކޯ އިން މިއަދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް  އެ ކުންފުނިން ބާއްވާ ފަންޑް ރައިސިންގް އިވެންޓް ބާއްވަން ހަމަޖެހިފައި ވަނީ މި މަހު 3 ގައި ކަމަށެވެ.

އެގޮތުން ހުކުރު ދުވަހު މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހަވީރު 6-4 އަދި ރޭގަނޑު 10-8 އެއްގައި ސެންޓްރަލް ޕާރކްގައި ކަމަށް އާބަންކޯ އިން ހާމަކުރެއެވެ.

މި އިވެންޓްގައި ފުޑް ސްޓޯލް، ޖަމްބަލް ސޭލް އަދި ކުޑަކުދިންނަށް ހާއްސަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

މި ހަރަކާތްތައް މެދުވެރިކޮށް ލިބޭ ހުރިހާ ފައިސާއެއް ދޭނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ކަމަށް އާބަންކޯ އިން ހާމަކުރެއެވެ.

އަރބަންކޯ އިން ވަނީ ވީހާވެސް ގިނަ ބޭފުޅުން މި އިވެންޓްގައި ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގައި ބައިވެރިވުމަށް އެދިލައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!