ޚަބަރު ސަރުކާރު

ގިނަ މީހުން ދިރިއުޅޭ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރި ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިޒްރޭލުގެ ޔަހޫދީން ޣައްޒާގެ ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް އިއްޔެ ދިން އަނިޔާވެރި ހަމަލާ ދިވެހިރާއްޖެއިން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.

Ads by MWSC

އިއްޔެ ދިން ހަމަލާގައި އެތައް ބަޔަކު ޒަޚަމްވެ، 100އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާ އާއި ގުޅިގެން ފޮރިން މިނިސްޓަރު ޝާހިދު އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި ވަނީ އެ ހަމަލާގައި އެތަކެއް މައުސޫމު ރައްޔިތުން ޝަޙީދުވެ ގިނަ ބަޔަކު ޒަޚަމްވީ ޚަބަރު އެހީ ފުން ހިތާމަޔާއެކުގައި ކަމަށެވެ.

މިނިސްޓަރުގެ ޕޯސްޓުގައި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯލެނބުމެއް ނެތި، އިޒްރޭލުން ދެމުން އަންނަ ހަމަލާތައް ހުއްޓައިލުމަށް ވެސް ގޮވައިލައްވައިފައިވެއެވެ.

ޣައްޒާގެ ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި، އެހީ ފޯރުކޮށްދެވޭނޭ މަގު ފަހިކޮށްދިނުމަށްވެސް ޝާހިދު ވަނީ ގޮވާލާފައެވެ.

ޔަހޫދީން ފަލަސްޠީނަށް ދެމުން އަންނަ ހަމަލާތަކުގައި އެންމެ ގިނައިން ޝަހީދު ކުރަމުންދަނީ އެއްވެސް ކުށެއް ނެތް، މައުސޫމް ތުއްތު ކުދިންކަން ފާހަގަކޮށްލެވެއެވެ. ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްޠީނުގެ 8،500 މީހުން ޝަހީދުކޮށްލައިފައިވާއިރު، އޭގެތެރެއިން 70 އިންސައްތަ އަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!