ކުލި ދައްކައިގެން އުމްރާ ދަތުރު ލިބުނު 4 ފަރާތް އާބަންކޯ އިން ހޮވައިފި
އާބަންކޯގެ ފަރާތުން ކުރިއަށް ގެންދިޔަ ގަވާއިދުން ކުލި ދައްކައިގެން އުމްރާ ދަތުރެއް ހޯދުމަށް ހުޅުވާލެވުނު "ޕޭ އެންޑް ވިން" ގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތަކުގެ ގުރުއަތު ނަގައިފިއެވެ.
އާބަންކޯ އިން ވިދާޅުވީ މިއަދު ނެގި މި ގުރުއަތުގައި ހަތަރު ފަރާތެއް ވަނީ ހޮވާފައި ކަމަށެވެ.
އެގޮތުން އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދެއްކި
ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ދެފަރާތަކާއި، ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދެއްކި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ދެފަރާތެއް ވަނީ ހޮވައިފައެވެ.
އާބަންކޯ އިން ވިދާޅުވީ މި ޕްރޮމޯޝަން ނިންމާލުމުގެ ގޮތުން އޮކްޓޯބަރ މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދައްކާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން ޖެނުއަރީ 2024 ގައި ކުރިއަށް ގެންދާނެ ކަމަށެވެ.
އާބަންކޯ އިން ކުރިއަށް ގެންދިޔަ "ޕޭ އެންޑް ވިން" އަކީ އެ ކުންފުނިން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ލިބިފައިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެވެނި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ދައްކާ އަދި އެއްވެސް އޯވަޑިއުއެއް ނެތް ފަރާތްތަކަށެވެ.
މިގޮތުން ޤަވާއިދުން ކުލިދައްކާ ފަރާތްތަކުގެ މެދުގައި ކޮންމެ ތިން މަހަކުން ގުރުއަތު ނަގައި ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ލިބޭނެ ކަމަށް އެ ކުންފުނިން ހާމަކުރައްވައެވެ.
އާބަންކޯ އިން ވިދާޅުވީ ބައެއް ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި އެކި ހާލަތްތަކުގެ ސަބަބުން ނުދެއްކި އޯވަޑިއު ވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ކޯޕަރޭޝަނުން މަސައްކަތްކުރަނީ މިފަދަ ލަކީޑްރޯއެއް ކުރިއަށް ގެންދެވޭ އިރު ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ހާމަކުރެެއެވެ.
އެހެންކަމުން ކުލި ދެއްކުމުގައި ދަތިތައް ދިމާވެފައިވާ ފަރާތްތަކަށް ވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ މަގެއް ވާނީ ފަހިކޮށްދީފައި ކަމަށާއި ޖެހިޖެހިގެން 6 މަސް ވަންދެން ގަވާއިދުން ކުލި ދައްކައިފި ނަމަ މި ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށް އާބަންކޯ އިން ހާމަކުރެއެވެ.
އާބަންކޯ އިން ވިދާޅުވީ އެ ކޯޕަރޭޝަންގެ މަގްޞަދަކީ ވީހާވެސް ގިނަ ފަރާތްތަކަށް މި ފުރުސަތު ހޯދައިދީ، ގަވާއިދުން ކުލި ދެއްކުމަށް ބާރުއެޅުން ކަމަށެވެ. އެހެންކަމުން، އެކި ސަބަބުތަކާއި ހެދި ފައިސާ ނުދެއްކިފައިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ޕޭމަންޓް ޕްލޭން އަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުޞަތު ވެސް ވަނީ ފަހިކޮށްދީފައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ތިހޮވުނުބައެއްގެ ނަންޖަހާލަން ނުކެރުނު ދޯ ފޭކުވާހަކަ ދައްލާނެކަމެއްނެއް މޮޅުވާކަށް