ޚަބަރު

ރައީީސް ނަޝީދު ވިދާޅުވަނީ، މުޢިއްޒު ވަކި ޤައުމަކަށް ޚާއްސަ ގާތް ކަމެއް ނުބާއްވަވާނެ ކަމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަކީ އެއްވެސް ޤައުމެއްގެ ކޮޅަށް ޖެހިވަޑައިގަންނަވާނެ ވެރިއެއް ނޫން ކަމަށާއި، އެމަނިކުފާނަކީ "ޕްރޯ މޯލްޑިވްސް" ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އަވަށްޓެރި ސްރީ ލަންކާއަށް ކުރެއްވި ކުރެއްވި ނުރަސްމީ ދަތުރުފުޅެއްގައި ވެރިރަށް ކޮލަމްބޯގައި އޮތް "ޖިއޯ ޕޮލިޓިކް" އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު މުޢިއްޒު ސިފަ ކުރެއްވީ، ވަކި ޤައުމެއްގެ ފަޅިއަށް އަރައިވަޑައިނުގަންނަވާނެ، ޤައުމީ ބޭފުޅެއްގެ ގޮތުގައެވެ.

މުޢިއްޒުގެ ސަރުކާރެއްގައި އެއްވެސް ޤައުމަކަށް އިސްކަން ދެއްވައި ޤައުމުތަކުގެ މެދުގައި ތަފާތު ކުރުންތައް ނުގެންގުޅޭނެ ކަމަށް ވެސް ރައީީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

Ads by Hajj Corporation

މި ހިނގާ ސަރުކާރުން އިންޑިއާ އާއި ގާާތް ގުޅުމެއް ބާއްވާކަން ފާހަގަކުރައްވައި، ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޗައިނާއާއި ވަރަށް ގާާތް ގުޅުމެއް އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅުގައި، އިންތިޚާބީ ރައީސް މުޢިއްޒު އާއިއެކުގައި، ދިވެހި ޤައުމަށްވެސް ބޮޑެތި ހެޔޮ ބަދަލުތައް އަންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު، މުޢިއްޒުއަކީ "ޕްރޯ މޯލްޑިވްސް" ވެރިއަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއިރު، މުޢިއްޒު ވެސް އެކި ފަހަރުމަތިން މި ވާހަކަ ތަކުރާރު ކުރައްވައިފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!