ޚަބަރު

ކޮވިޑް19: ‏ސިކްސް ސެންސަސް ލާމު ރިސޯޓުން ދެ ބިދޭސީއަކު އެކަހެރިކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސިކްސް ސެންސަސް ލާމު ރިސޯޓުން 2 ބިދޭސީއެއް އެ ރިސޯޓުގައި އެކަހެރިކޮށް މޮނީޓަރކުރުމުގެ މަސައްކަތް ކުރަމުން އެބަދެެއެވެ.

Ads by STELCO

ހެލްތު ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރާއްޖެ އެތެރެވުމުގެ ކުރިން މި ދެ މީހުން ވެސް ވަނީ ⁧‫ކޯވިޑް19⁩ އަށް ޕޮސިޓިވްވެފައިވާ މީހަކާއި "ކޮންޓެކްޓް" ވެފައިކަމަށެވެ.

ރާއްޖެއިން އަށް މީހަކު މިހާތަނަށް ކޮރޯނާ ވައިރަހަށް ފައްސި ވެފައިވެއެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!