ޚަބަރު ދުނިޔެ

ހަނގުރާމަ ހުއްޓައިލަން ވެރިން ގޮވައިނުލާތީ، ޔޫކޭގެ ރައްޔިތުން ވެސް ރުޅި ގަދަވެފައި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިޒްރޭލުގެ ޔަހޫދީން ފަލަސްޠީނުގެ އެއްވެސް ކުށެއް ނެތް މައުސޫމް ތުއްތު ކުދިން ޝަހީދު ކުރަމުން އަންނަތާ މަސް ދުވަސްވާން ކައިރިވެފައިވާއިރު، ހަމަލާ ދިނުން ހުއްޓައިލަން ވެރިން ގޮވައިނުލާތީ ޔޫކޭގެ ރައްޔިތުން އަޑު އުފުލަމުން އެބަދެއެވެ.

Ads by Hajj Corporation
Ads by WAMCO

ފަލަސްޠީނުގެ ހަމާސް ޖަމާޢަތް ނައްތައިލުމަށް ކަމަށް ބުނެ އިޒްރޭލުން ޣައްޒާއަށް ބޮން އަޅަމުން އަންނަތާ މަސް ދުވަސް ވާން ކައިރިވީއިރު، 8،500 މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ.

މި ޤަތުލުއާއްމު ކުށްވެރިކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޑު އުފުލަމުން އަންނައިރު، ހުޅަނގުގެ ޤައުމުތަކުން އިޒްރޭލަށް ވާގިވެރިވާތީ، އެ ޤައުމުތަކުގެ އާއްމު ރައްޔިތުންގެ ތެރެއިން ބައެއް މީހުން އެކަމާ ނުރުހެއެވެ. މިގޮތުން އިނގެރޭސިވިލާތުގައި ވެސް، ފަލަސްޠީނާއި އެކުގައި ތިބިކަން ހާމަކޮށް، އެ ޤައުމުގެ ރައްޔިތުން މަގުތަކަށް އެއްވެ، އަޑު އުފުލާ މިންވަރު ދަނީ އިތުރުވަމުންނެވެ.

"އެމީހުން( މުޒާހަރާ ކުރާ މީހުން) ބޭނުންވަނީ ކޮންމެ ގޮތެއް ހަދައިގެން ވެސް މި ޤަތުލުއާއްމު ހުއްޓުވަން. ހަނގުރާމަ ހުއްޓައިލަން ވެރިން ގޮވައިނުލާތީ ވެސް ރައްޔިތުން ތިބީ ރުޅިގަދަ ވެފަ." ޔޫކޭގައި ފަލަސްޠީނުގެ ދިފާޢުގައި އަޑު އުފުލާ މީހަކު ބުންޏެވެ.

 

އިޒްރޭލުން ފަލަސްޠީނުގެ ބިންތައް ހިފައިގެން އުޅޭތާ 70 އެތައް އަހަރެއް ވެފައިވާއިރު، އިޒްރޭލަށް ޔޫކޭ ފަދަ ޤައުމުތަކުން އަންނަނީ އެއްބާރުލުން ދެމުންނެވެ. އެގޮތުން އެމެރިކާ އަކީ އަބަދުވެސް އިޒްރޭލާއި ގާތް ގުޅުމެއް ބާއްވާ ޤައުމެކެވެ.

ި

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!