ދުނިޔެ

ހަމަލާތަކާއި ގުޅިގެން ބަންދުކޮށްފައި އޮތް ރަފަހް ބޯޑަރ ވަގުތީ ގޮތުން ހުޅުވައިލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޒަޔަނިސްޓު އިސްރާޢީލުން ބަންދުކޮށްފައި އޮތް ރަފަޙް ހުރަސް ވަގުތީ ގޮތުން ހުޅުވައިލައިފިއެވެ.

Ads by WAMCO

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ހުޅުވި މިސްރުގެ ކޮންޓްރޯލް އޮންނަ ރަފާ ކްރޮސިން މެދުވެރިކޮށް ބުދަ ދުވަހުގެ ނިޔަލަށް 500 އެއްހާ މީހުން ހަ ބަހެއްގައި ބޯޑަރު ހުރަސްކޮށްފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ޒަޚަމްތަކުގެ ސަބަބުން މިސްރުން ފަރުވާ ބޭނުންވާ ފަލަސްތީނުގެ 10 ވަރަކަށް މީހުންނަށްވެސް ބޯޑަރު ހުރަސް ކުރުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުކުރެއެވެ.

ޣައްޒާގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ހަނގުރާމައިގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 8,525 އަށް ވަނީ އުފުލިފައެވެ. އޭގެ ތެރޭގައި 3,500 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި 2,000 އަށްވުރެ ގިނަ އަންހެނުންނާއި 460 އަށްވުރެ ގިނަ އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.

ޣައްޒާގައި އާންމުންގެ މަރުގެ ޢަދަދާއި، އިންސާނީ ޙާލަތު ގޯސްވުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ކާބޯތަކެއްޗާއި ތެލާއި ބޯފެނާއި ބޭސް މަދުވެ، ހޮސްޕިޓަލުތަކުން މަރުވާ މީހުންނަށް ފަރުވާ ދިނުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!