ދުނިޔެ

ޝީރީންގެ ފުރާނަ ނެތް މަސްގަނޑަށް ވެސް ޔަހޫދީންގެ ކިބައިން ރައްކާތެރިކަމެއް ނުލިބުނު!

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ހައްދު ފަހަނައަޅައިފައިވާ އިޒްރޭލްގެ ޔަހޫދީން މަރައިލި ފަލަސްތީނުގެ ނޫސްވެރިޔާ ޝީރީން އަބޫ ޢާޤިލާގެ ޖަނާޒާއަށް ވެސް ޔަހޫދީން ހުރަސް އަޅައި އާންމުންނަށް އަނިޔާކޮށްފިއެވެ.

Ads by Sosun Fihaara

ބޭރުގެ ޚަބަރުތައް ރިޕޯޓްކޮށްފައިވާ ގޮތުގައި އެތައް ހާސް ރައްޔިތުންނާ އެކު އިއްޔެ ކުރިޔަށް ގެންދިޔަ ޖަނާޒާގެ ތެރެއަށް އިޒްރޭލްގެ ސިފައިން ވަދެގަނެ ސަންދޯއް އުފުލަން ތިބި މީހުންނަށް ވެސް ވަނީ މުގުރުބުރީން ހަމަލާދީފައެވެ. މި ހަމަލާތަކުގެ މަންޒަރު ދައްކުވައިދޭ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ޝީރީންގެ ސަންދޯއް އުފުލަމުން ދިޔަ މީހުންނަށް ހަމަލާ ދިނުމުގެ ސަބަބުން ބައެއް ވަގުތުތަކުގައި ސަންދޯއް ވެއްޓި ބިމުގައި ވެސް ޖެހިފައި ވެއެވެ.

އިޒްރޭލުންގެ އަނިޔާތަކުގެ ތެރެއިން ވެސް ޝީރީންގެ ސަންދޯއް ، އޭނާގެ މައިންބަފައިން ފަސްދާނުލައިފައިވާ ސަހަރާއަށް ގެންގޮސް ޖަނާޒާގެ ކަންކަން މިހާރު ނިންމައިފައިވާކަމަށް މީގެ މަދު ގަޑިއިރުތަކެއް ކުރީން ޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. ޝީރީން ފަސްދާނު ލައިފައި ވަނީ އޭނާގެ މައިންބަފައިންގެ މަހާނައާ ޖެހިގެންނެވެ.

ޝީރީންގެ ޖަނާޒާގެ ތެރެއިން

ޖެނިން ރެފިޔުޖީ ކޭމްޕްގައި ޔަހޫދީ ސިފައިން ހިންގި ރެއިޑެއް ކަވަރުކުރަން އުޅެނިކޮށް އުމުރުން 51އަހަރުގެ ޝީރީން ޝަހީދުކޮށްލީ ޔަހޫދީ ސިފައިންދީ ބަޑީގެ ހަމަލާއެއްގައި މިދިޔަ ބުދަ ދުވަހުއެވެ. އަލްޖަޒީރާގައި މަސައްކަތް ކުރަމުން ދިޔަ ޝީރީންއަކީ ޢަރަބި ދުނިޔޭގައި ނަން މަޝްހޫރު ނޫސްވެރިއެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި އޭނާ ކުރަމުންދިޔަ ބުރަ މަސައްކަތްތަކުން ހިތްވަރު ލިބި ވަރަށް ގިނަ ބަޔަކު ވަނީ ނޫސްވެރިކަމާ ވެސް ގުޅިފައެވެ.

ޝީރީން ވަކިވެ ދިޔުމުގެ މައްޗަށް ފަލަސްތީނު ރައްޔިތުން ދަނީ ވަރަށް ބޮޑަށް ހިތާމަ ކުރަމުންނެވެ. އަލްޖަޒީރާއާ ވާހަކަ ދެއްކި ގިނަ ބަޔަކު ބުނެފައި ވަނީ އޭނާއަކީ ރޯލް މޮޑެލްއެއް ކަމަށާއި އޭނާއަކީ ރައްޔިތުންގެ މިތުރެއް ކަމަށެވެ.

އިޒްރޭލުންގެ އަނިޔާވެރިކަމާ ދެކޮޅަށް ލުބްނާންގެ ނޫސްވެރިއެއް ޝުއޫރު ފާޅުކުރަނީ

"އޭނާ ދިޔައީ ފަލަސްތީންގެ ކޮންމެ ގެއަކަށް ވެސް ޒިޔާރަތްކުރަމުން، ފަލަސްތީންގެ ކޮންމެ ރައްޔިތަކަށް ލިބެމުން ދިޔަ ވޭން އޭނާ ވެސް ދިޔައީ އިހްސާސްކޮށް އެކަން އިއްވައިދެމުން ، އޭނާގެ އަޑަކީ ޙަޤީޤަތާއި އިންސާފުގެ އަޑު"ފަލަސްތީނުގެ ރައްޔިތަކު އަސަރާ އެކު ބުނެފައި ވެއެވެ.

Ads by HDC
  1. މުސްލިމެއް

    ސުބުހާނަﷲ، މަރުހޫމާއަށް ސުވަރުގޭގެ ދާއިމީނިއުމަތް މިންވަރުކުރަށްވާށި، އާއިލާއަށް ކެތްތެރިކަން ދެއްވާށި، އާމީން.

    • ޙައްގު

      ކާފަރުންނަށް ހެޔޮ ދުއާ ކުރުމެއް ނުވޭ

  2. މޮހަދަާ

    ޝީރީނަކީ ކްރިސްޓިއަނެއް. ކްރިސްޓިއަނަކު ޝަހީދަކަށް ވަނީ ކިހިނެއް.

  3. ަައަލީ

    ސުބުހާނަﷲ، މަރުހޫމާއަށް ސުވަރުގޭގެ ދާއިމީނިއުމަތް މިންވަރުކުރަށްވާށި، އާއިލާއަށް ކެތްތެރިކަން ދެއްވާށި، އާމީން