މިދިޔަ 5 އަހަރު ތެރޭގައި ރާއްޖެއައި އިންޑިއާ ފަތުރުވެރިންގެ އަދަދު 1 މިލިއަނާ ގާތަށް!
މިދިޔަ 5 އަހަރު ތެރޭގައި ރައްޖެއައި އިންޑިއާގެ ފަތުރުވެރިން 1 މިލިއަނާ ގާތްކޮށްފިއެވެ.
ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިންޑިއާ ފަތުރުވެރިންގެ އަދަދު 0.91 މިލިއަނަށް ވުރެގިނައެވެ.
އިންޑިއާ ފަތުރުވެރިންގެ ތަފާސްހިސާބު:
2019 - 1،66،030 ފަތުރުވެރިން
2020 - 62،960 ފަތުރުވެރިން
2021 - 2،91،787 ފަތުރުވެރިން
2022 - 2،41،382 ފަތުރުވެރިން
2023 (އޮކްޓޯބަރު 4 ގެ ނިޔަލަށް) - 1،51،310 ފަތުރުވެރިން
ކުރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޑިސެމްބަރު 2023 ނިމޭއިރު، މި އަދަދު 1 މިލިއަނަށް ވުރެ ގިނަވާނެ ކަމަށް ބެލެވެއެވެ.
އިންޑިއާ އަކީ 2019 ވަނަ އަހަރު 2 ވަނަ އަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ ޓޫރިސްޓް މާކެޓެވެ. އަދި 2020، 2021، 2022 ވަނަ އަހަރުތަކުގައި 1 ވަނަ ޓޫރިސްޓް މާކެޓެވެ. 2023 ވަނަ އަހަރު ވެސް 150،000 އަށް ވުރެ ގިނަ އިންޑިއާ ފަތުރުވެރިން ޒިޔާރަތްކޮށް، އިންޑިއާ އޮތީ 3 ވަނައަށް އެންމެ ބޮޑު ޓޫރިސްޓް މާކެޓްގެ ގޮތުގައެވެ.
އިންޑިއާގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުން އިތުރުވުމުގެ ސަބަބުތައް:
ވައިގެ ގުޅުން ރަނގަޅު - ދުވާލަކު ގިނަ އަދަދެއްގެ ފްލައިޓްތަކާއި ގުޅާލެވިފައިވާ އިންޑިއާގެ ސިޓީތައް އިތުރުވުން.
ކޮވިޑް19ގެ ތެރޭގައި ގިނަ ގައުމުތަކުން ބޯޑަރު ބަންދުކުރިއިރު ރައްޔިތުންނަށް ރާއްޖެއިން ބޭރަށް ދަތުރުކުރުން ހުއްޓިގެންދިޔަ ވަގުތު، އިންޑިއާ-ރާއްޖެ އިން އަވައްޓެރިންގެ ގޮތުގައި އެއާ ބަބުލް ޤާއިމްކުރުމުގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާއި ދެމެދު ޝެޑިއުލް ފްލައިޓްތައް ދަތުރުކުރުމުގެ ހުއްދަލިބިގެންދިޔައެވެ.
2020 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ފެބްރުއަރީ 2022 އާ ހަމައަށް އެއާ ބަބުލް ދެމިގެންދިޔައިރު، 2022 ވަނަ އަހަރުގެ މާޗް މަހު އިންޑިއާ އާއި ރާއްޖެ އިން އެއްބަސްވީ އޯޕަން ސްކައިސް އެރޭންޖްމަންޓް ޤާއިމްކުރުމަށެވެ. މިއާއެކު ދެ ޤައުމުގެ ވައިގެ ގުޅުން ވަނީ އިތުރަށް ރަނގަޅުވެފައިއެވެ.
ރާއްޖޭގެ ޓޫރިޒަމް އޯގަނައިޒޭޝަންތަކާއި ޕަބްލިކް އަދި ޕްރައިވެޓް އޯގަނައިޒޭޝަންތަކުން މަސައްކަތްތައް ފުޅާކުރުމުގެ ސަބަބުން މުޅި އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން ދަނީ އިސްތިހާރުވަމުންނެވެ. މީގެ ތެރޭގައި ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި، ރޯޑް ޝޯތަކާއި، ޓޫރިޒަމް މާޓްތަކުގައި ބައިވެރިވުން ފަދަ ކަންކަމުން ފަތުރުވެރިމަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމުގެ ފުރުސަތު ލިބެމުންދެއެވެ.
އިންޑިއާގެ ފަތުރުވެރިން އައުޓްބައުންޑް ޓޫރިޒަމް ދަތުރުތަކާއި ޚަރަދުތަކުގެ ޓްރެންޑްތަކާ ބެހޭގޮތުން ރިޕޯޓްތަކުން ފެންނަ ގޮތުގައި 2022 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާ އުފެދިގެން ދާނީ އޭޝިއާގެ އައުޓްބައުންޑް ދަތުރުވެރިންގެ އެންމެ ބޮޑު ސޯސް މާކެޓުގެ ގޮތުގައެވެ.
އިންޑިއާގެ އިމިގްރޭޝަނުން ބުނާ ގޮތުގައި 2022 ވަނަ އަހަރުގެ ޖެނުއަރީ އާއި ނޮވެމްބަރ އާ ދެމެދު 18 މިލިއަން އިންޑިއާގެ މީހުން ވަނީ ބޭރަށް ދަތުރުކޮށްފައިއެވެ. އޭގެ ތެރެއިން 7.2 މިލިއަނަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވަނީ ފަތުރުވެރިންގެ ގޮތުގައިއެވެ. އޭޕްރީލް 2022 އާއި ފެބްރުއަރީ މަހާއި ދެމެދު 12.51 ބިލިއަން މީހުން ވަނީ އެ ޤައުމުން ބޭރަށް ދަތުރުކޮށްފައިއެވެ.
ސެންޓަ ފޯ އޭޝިއާ ޕެސިފިކް އޭވިއޭޝަން އަދި އެކްސްޕީޑިއާ ގްރޫޕުން ގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން 2025 ވަނަ އަހަރުގެ ނިޔަލަށް ޤައުމުން ބޭރުގައި ޗުއްޓީ ހޭދަކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު ތިންގުނައަށް އިތުރުވުން އެކަށީގެންވެއެވެ.
އައުޓްބައުންޑް ޓްރެވަލް އަށް ޑިމާންޑް ބޮޑުވަމުންދާކަމުން ދައްކައިދެނީ ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ތަޖުރިބާތައް ހޯދުމަށް މަގުފަހިވެ، އިންޑިއާގެ މެދުފަންތީގެ އަދި ޒުވާނުންގެ އާބާދީ ކުރިއަރަމުން އަންނަ އުންމީދުތަކާއި މާލީ ގާބިލްކަން އިތުރުވަމުންދާ ކަމެވެ.
ކުރިއަށް އޮތްތަނުގައި ރާއްޖެ އަންނަ އިންޑިއާގެ ފަތުރުވެރިންގެ އަދަދު ދެގުނައަށް އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އެމްއެމްޕީއާރުސީ، މަޓީ، މަޓާޓޯ، އެންއެޗްޖީއޭއެމް، އެންބީއޭއެމް ފަދަ ޓުއާ އެންޑް ޓްރެވަލް އެސޯސިއޭޝަންތަކުން އިތުރު އައުޓްރީޗް ހަރަކާތްތަކާއި އިސްނެގުން އިތުރުކުރުން ހިމެނެއެވެ.
އަދި އިންޑިއާގައި ފަތުރުވެރިކަން އިސްތިހާރުނުކުރެވި ހުރި އާ ސިޓީތައް ޚާއްޞަކޮށް އިންޑިއާގެ ހުރިހާ ޓިއަރ 1 އަދި ޓިއަރ 2 ސިޓީތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމާއި ރާއްޖޭގެ އާ ޓޫރިސްޓް މަންޒިލްތައް އިންޑިއާގެ ފަތުރުވެރިންނަށް ހާމަކުރުން ވެސް ހިމެނެއެވެ. އޭގެތެރޭގައި ގެސްޓްހައުސް، ހޯމް ސްޓޭ، އުތުރާއި ދެކުނުގެ ޖަޒީރާ ރަަށްތައް، އަދި ސްޕޯޓްސް އަދި ވޯޓަރ އެޑްވެންޗަރ ޓޫރިޒަމް މަންޒިލެއް ގޮތުގައި ޕްރޮމޯޓްކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ.
އިންޑިއާ މީހުންގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ޓްވިޓަރ، އެފްބީ، އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ސްޕޭސް ބޭނުންކުރުން، އިންޑިއާގެ ކޯޕަރޭޓް އިވެންޓްސް އަދި ސްޕޯޓްސް އިވެންޓްސް ފަދަ ރަސްމިއްޔާތުތައް ރާއްޖޭގައި ބޭވުމަށް ޝައުގުވެރި ކުރުވުން، އިންޑިއާގެ ބޮޑެތި ކައިވެނި ޕާޓީތަކަށް ވެޑިން ސްޕޮޓެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ވެސް އިންޑިއާ ފަތުރުވެރިން ގިނަ ކުރުމަށް ކުރެވިދާނެ ކަމެކެވެ.
މީގެ އިތުރުން އިންޑިއާގެ ފިލްމް އިންޑަސްޓްރީ އާއި ސޮޕް އޮޕެރާސް ޕްރޮޑަކްޝަން ހައުސްތައް ޝޫޓް ކުރުމަށް ރާއްޖެ އައުމަށް ޝައުގުވެރި ކުރުވުމާއި ދޮގު މައުލޫމާތު ދިނުމުގެ ކެމްޕޭންގެ ރައްދުގައި ރާއްޖޭގައި އިންޑިއާއާ ބެހޭ ގޮތުން ފެކްޓް ބޭސްޑް ނެރެޓިވް ޕްރޮމޯޓް ކުރުން ވެސް ހިމެނެއެވެ.