އަތޮޅުވެއްސަށް ގެންދަނިކޮށް ފިލަން މޫދަށް ފުންމާލި މީހާ ހައްޔަރުކޮށްފި

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު އަތޮޅުވެއްސަށް ގެންދިޔަ މަގުމަތީގައި ފިލަންވެގެން ކަނޑަށް ފުންމާލައިގެން އުޅެނިކޮށް އޭނާ އަތުލައިގަނެގެން އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ފުލުހުންގެ ވެހިކަލުން އަތޮޅުވެހި ކައިރި އަށް ބޭލިތަނުން އޭނާ ދުވެފައި ގޮސް މޫދަށް ފުންމާލައި، ފަތާފައި ގޮސް ވަނީ ކަނޑަށް އެރިފައެވެ.
ނަމަވެސް ފުލުހުން ވަގުތުން ދެ ލޯންޗެއްގައި ގޮސް އޭނާ ކަނޑުން ނަގައިގެން ވަނީ ހައްޔަރުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން އަދި އެއްވެސް މަޢުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

Ads by Ooredoo