ޚަބަރު

އައްޑޫން ޓޫރިޒަމަށް ދޫކުރާ 63 ބިމަކަށް ބިޑު ހުށަހަޅައިފި

އައްޑޫގައި ސިޓީ ހޮޓަލާއި ގެސްޓް ހައުސް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ދޫކުރަން ހުޅުވައިލި ބިންތަކަށް ކުރިމަތިލާން ދިން މުއްދަތު ހަމަވި އިރު 63 ބިމަކަށް ހުށަހަޅާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ޓޫރިޒަމަށް އައްޑޫ އިން މިފަހަރު ހުޅުވާލީ 96 ބިމެކެވެ. ނަމަވެސް މީދޫ ރައްޔިތުން އެދިގެން ލޮކޭޝަން ބަދަލުކުރުމަށް މީދޫގެ 16 ބިން ބިޑަށް ހުޅުވާލުން މަޑުޖައްސާލުމުން ޖުމްލަ މިބުރުގައި ބިޑަށް ހުޅުވިފައި އޮތީ 80 ބިމެކެވެ.

ކައުންސިލުން ބުނިގޮތުގައި މީގެ ތެރެއިން ބިޑު ވިއްކުމުގެ މުއްދަތު ހަމަވިއިރު 63 ބިމަކަށް ބިޑު ހުށަހަޅާފައިވާ ކަމަށެވެ. އަދި މުއްދަތު ހަމަވިއިރު ނުވިކެނީ 17 ބިމެއްގެ ބިޑު ކަމަށް ކައުންސިލުން ބުނެއެވެ.

މި 17 ބިމުގެ ޓޫރިޒަމް ޒޯންތަކުގެ ކޮމަން ފެސިލިޓީ ތައް އެއްކޮށް ޑިވެލޮޕްކުރެވިދާނެ ގޮތަކީ ކޮބައިތޯ މިހާރު ބަލަމުން އަންނަ ކަމަށް ކައުންސިލުން ބުނެއެވެ.

އަދި ބިޑު ކާމިޔާބުކުރާ ފަރާތްތަކުން މަސައްކަތް ފަށާއިރު 17 ބިމުގެ މަސައްކަތާއި ކޮމަން ފެސިލިޓީތަކުގެ މަސައްކަތް އަދި ލޭންޑްސްކޭޕިންގ އާއި ބީޗު ހެދުމުގެ މަސައްކަތްވެސް އެކު އެކީގައި ފެށިގެން ކުރިއަށް ދާނެ ކަމަށް ކައުންސިލުން މައުލޫމަތުދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!