ޚަބަރު

ކޮވިޑް19: ޕާކުތަކާއި މައިޒާންތަކަށް ޒިޔާރަތް ކުރުން މަނާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

‏ޕާކުތަކާއި މައިޒާންތަކަށް މީހުން ޒިޔާރަތްކުރުން މަނާކޮށްފިއެވެ.

Ads by Sosun Fihaara

މިކަން އިއުލާން ކުރަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ބާރުގެ ތެރެއިން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ޕާކުތަކާއި މައިޒާންތަކަށް ޒިޔާރަތްކުރުން ހުއްޓާލައިފި ކަމަަށެވެ. އަދި މިކަމާއި ގުޅިގެން ކަމާއި ބެހޭ އިދާރާތަކުން މިކަން ތަންފީޒުކުރުމަށް ބާރު އަޅައިދިނުމަށް ވެސް އެޗްޕީއޭ އިން އެދިފައިވެއެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނިފައިވުމާއި ގުޅިގެން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު ވަނީ އިއުލާން ކޮށްފައެވެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!