ޚަބަރު ދުނިޔެ

ސްކޫލަކަށް ދިން ހަމަލާއެއްގައި 15 މީހުން ޝަހީދު ކޮށްލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިޒްރޭލްގެ ޔަހޫދީން ޣައްޒާގެ ޖަބަލިއާ ކޭމްޕް ސަރަހައްދުގައިވާ ސްކޫލަކަށް ހަމަލާ ދީފިއެވެ.

Ads by STELCO
Ads by Sosun Fihaara

ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި، ޔަހޫދީންގެ ހަމަލާ އަމާޒު ކޮށްފައި ވަނީ ހަނގުރާމައިގައި ޙާލުގައި ޖެހުނު މީހުން ހިޔާވަހިކަން ހޯދަމުން އައި ސްކޫލަކަށެވެ. މި ހަމަލާގައި 15 މީހަކު ޝަހީދުވެ، ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަޚަމް ވެފައެވެ.

އިއްޔެ އިޒްރޭލުން ވަނީ ފަލަސްޠީނުގެ ޒަޚަމްވި ބަޔަކު އުފުލި އެމްބިއުލާންސަކަށް ވެސް ހަމަލާދީ ބަޔަކު ޝަހީދުކޮށްލައިފައެވެ. އިޒްރޭލުން ވަނީ އެމްބިއުލާންސަށް ހަމަލާ ދިން ކަމަށް އެއްބަސްވެފައެވެ. ނަމަވެސް ހަމަލާ ދިފާޢުކޮށް ބުނެފައި ވަނީ، ހަމަލާ އަމާޒު ކުރީ ހަމާސް ޖަމާޢަތަށް ކަމަށެވެ.

ޔަހޫދީން ފަލަސްޠީނަށް ހަމަލާ ދޭން ފެށީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުއެވެ. އޭގެ ފަހުން ދެމުން އަންނަ ހަމަލާތަކުގައި ގާތްގަނޑަކަށް 10،00އާއި ގާތް ކުރާ އަދަދެއްގެ މީހުން ޝަހީދު ކޮށްލައިފައިވާއިރު، ޝަހީދުންގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. އިޒްރޭލުން ބުނަމުންދަނީ ހަމަލާ ދިނުން ހުއްޓައިލާނީ ހަމާސްއިން ރަހީނު ކުރި މީހުން ދޫކޮށްލުމުން ކަމަށެވެ.

ި

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!