ޚަބަރު

އުރީދޫ 5ޖީ އެއަރފައިބަރ ރައުޓަރުން %50 ޑިސްކައުންޓާއި، ބޮޑެތި ޑޭޓާ އެލަވަންސް އަދި ޕެރިހަށް ދިއުމުގެ ފުރުސަތު!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އުރީދޫގެ 5ޖީ އެއާފައިބާއާއެކު ހަލުވި ސްޕީޑް ގެ އިންޓަނެޓާ އެކު ޕެރިހަށް ދަތުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު އުރީދޫ އިން ވަނީ ހުޅުވާލައިފައެވެ.

Ads by MWSC

އުރީދޫގެ 5ޖީ ނެޓްވޯކުން މިހާރު މުޅި މާލެ ސަރަހައްދު ކަވަރުކޮށް، ހައި - ސްޕީޑްގައި އަދި އިންޓަނެޓް ބޭނުންވާފަރާތްތަކަށް ފަސޭހަކަމާއެކު މިހާރު މެދުކެނޑުމެއް ނެތް އިންޓަނެޓް ވަނީ ފަހިވެގެން ގޮސްފައެވެ. އަގުހެޔޮކޮށް ހަލުވި ސްޕީޑްގެ އިންޓަނެޓް ފޯރުކޮށްދިނުމަށް އުރީދޫ އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ދާދި ފަހުން އެ ކުންފުނިން ވަނީ 5ޖީ އެއާފައިބާ ޕޯޓްފޯލިއޯއަށް ވަރުގަދަ އަޕްގްރޭޑްތަކެއް ގެނެސް ބޮޑެތި ޑޭޓާ އެލަވަންސްތަކާއި އެކު ސްޕީޑްތައް އިތުރުކޮށްފަ އެވެ. 5ޖީ އެއާފައިބާ ގެ ހަލުވި ސްޕީޑާއި ލޯ ލެޓެންސީ އާއި އެކު މިހިދުމަތަކީ ވިޔަފާރިތަކާއި ގޭމް ކުޅޭ ފަރާތްތަކުގެ އިތުރުން ގިނަ ގިނައިން ސޮފްޓްވެއާ އާއި ގޭމް އަޕްޑޭޓް ކޮށް ސްޓްރީމްކުރާ ފަރާތްތަކަށް ފުރިހަމަ ހިދުމަތެކެވެ.

5ޖީ އެއަރފައިބަރ ކަސްޓަމަރުންނަށް މިހާރު ކުރިއަށްދާ އޮފާތައް!

• 31 ޑިސެމްބަރ 2023 ގެ ކުރިން 5ޖީ އެއަރފައިބަރ ހިދުމަތަށް އެދިލައްވާ ފަރާތްތަކަށް ރައުޓަރުން %50 ޑިސްކައުންޓް ލިބިގެންދާނެއެވެ.

• 5ގޭމަރުންނަށް ހާއްސަކޮށް ތައާރަފްކޮށްފައިވާ 5ޖީ ގޭމާރސް ޕެކް މެދުވެރިކޮށް 100 އެމްބީޕީއެސް ސްޕީޑާއެކު 250 ޖީބީ ލިބޭ މި ޕްލޭނަކި ކޮންމެ ހަފުތާއަކު 250 ރުފިޔާއަށް އެކްޓިވޭޓް ކުރެވޭ ޕްލޭނެކެވެ. ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި ގޭމިން ޕެކް މެދުވެރިކޮށް ޕެކޭޖް އިންކްލޫސިވް ޑޭޓާ އެއްކޮށް ބޭނުން ކުރުމަށް ފަހުވެސް އިންޓަނެޓްގެ ހިދުމަތް މެދުނުކެނޑި ލިބިގެންދެއެވެ. އުރީދޫ 5ޖީ އަދި 4ޖީ ނެޓްވޯކްގެ ހަލުވި ސްޕީޑާއެކު ކަސްޓަމަރުންނަށް ހަފުތާއަކު 250 ރުފިޔާ ޓޮޕްއަޕްކޮށް މުޅި މަހަށް 1 ޓީބީ ޑޭޓާ ލިބޭނެ އެވެ. މި ޕްލޭން އެކްޓިވޭޓްކޮށްލުމަށް http://ore.do/5gamers ޒިޔާރަތްކޮށްލައްވާށެވެ.

• މީގެ އިތުރުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ގުޅިގެން އުރީދޫއިން އެންމެ ފަހުން ތައާރަފްކުރި އޮފާއާއި އެކު ޕެރިހުގެ ޕާކް ޑެސް ޕްރިންސް ސްޓޭޑިއަމްގައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗް ލައިވްކޮށް ބެލާލުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލައިފައެވެ. ނަސީބުވެރި ވެރި އެއް ފަރާތަކަށް ލިބޭ މި ފުރުސަތުގައި ސްޓޭޑިއަމްގެ ޓިކެޓުގެ އިތުރުން 2 ރެއާއި 3 ދުވަހުގެ ފުލް ބޯޑް އެކޮމޮޑޭޝަނާއެކު ޕެރިސް ދެކޮޅު ޓިކެޓް ލިބެއެވެ. މި ޕްރޮމޯޝަން ގައި ބައިވެރިވުމަށް މިހާރު ގެންގުޅުއްވާ 5ޖީ އެއަރފައިބަރ ޕްލޭން އަޕްގްރޭޑް ކޮށްލުމުން އޮޓޮމެޓިކް އިން ބައިވެރިވެވޭނެއެވެ. ހަމަ އެއާ އެކު 31 ޑިސެމްބަރު 2023 ގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަންގައި އަލަށް 5ޖީ އެއަރފައިބަރ ހިދުމަތް ނަންގަވާ ކަސްޓަމަރުންނަށްވެސް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.

5ޖީ އެއަފައިބަރ ގެ ހިދުމަތް އެކްޓިވޭޓް ކުރުމަށް http://ore.do/getairfibre ޒިޔާރަތްކުރައްވާށެވެ

އުރީދޫ ފްލައި ޓު ޕެރިސް އޮފަރ އާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް http://ore.do/paris ޒިޔާރަތްކުރައްވާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!