އަހަރެުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ދޮޅު މިލިއަނަށް ވުރެ މައްޗަށް

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ދޮޅު މިލިއަނުން މައްޗަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 1,525,332 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައިވަނީ ރަޝިއާ ފަތުރުވެރިންނެވެ. ރަޝިއާއިން 175,714 ފަތުރުވެރިން އައިސްފައިވެއެވެ. އަދި މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކުރާ އިންޑިއާއިން 164,990 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހު 5,001 ފަތުރުވެރިން އަންނަކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.