ޚަބަރު

އެމްއެމްއޭގެ "ފަވަރަ" އަށް އިތުރު ދެ ބޭންކެއް ގުޅިއްޖެ

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
އެމްއެމްއޭ ގެ "ފަވަރަ" ސިސްޓަމްއާ ގުޅުނު ބޭންކްއަކާއެކު ސޮއިކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އާ އިތުރު ދެ ބޭންކެއް ގުޅިއްޖެއެވެ.

Ads by Sosun Fihaara

އެމްއެމްއޭ އިން ހާމަކޮށްފައިވާގޮތުގައި "ފަވަރަ" ސިސްޓަމްއާ އަލަށް ގުޅިފައިވަނީ ބޭންކް އޮފް ސިލޯން (ބީއޯސީ) އަދި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އެވެ. މިކަމާ ގުޅިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެ ބޭންކުން ވަނީ އެމްއެމްއޭއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި މި ދެ ބޭންކުގެ "ފަވަރަ" ޕައިލެޓް ޓެސްޓިންތައް ބުދަ ދުވަހުން ފެށިގެން ކުރިއަށްދާނެކަމަށްވެސް އެމްއެމްއޭ އިން ވަނީ ހާމަކޮށްފައެވެ.

މިވަގުތު "ފަވަރަ" ޚިދުމަތް ލިބެނީ ދިވެހިރާއްޖޭގެ ޤައުމީ ބޭންކު (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިންނެވެ.

"ފަވަރަ" ނުވަތަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ސަބަބުން ފައިސާގެ މުއާމަލާތްތައް ކުރުމަށް އިންޤިލާބީ ބަދަލެއް އަންނާނެކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ. އަދި މީގެ ސަބަބުން ބެންކު އެކައުންޓްއެއް ނެތް މީހަކަށްވެސް ފައިސާ ފޮނުވާހެދުމަށް ފަސޭހަ ވާނެކަމަށާއި ވިޔަފާރިތަކަށާއި އެކި ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް މަރުކަޒީ ބެންކުން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!