ޒީނާޒް ވެސް މަޖިލީހަށް
![](https://dhen.mv/wp-content/uploads/2023/11/Zeeshan-Adnan-1-750x375-1.jpg)
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަން ކުޑަކުދިންގެ ހިޔާގެ ކުރީގެ ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) ޒީނާޒް އަދުނާން ހާމަކުރައްވައިފިއެވެ.
އޭނާ ވާދަ ކުރައްވަން ނިންމަވާފައިވާ ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑިއަށެވެ.
މިކަން އިޢުލާނު ކުރައްވަވައި، ޒީނާޒް ފޭސްބުކްގައި ވިދާޅުވީ އަންނަ އަހަރު ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަ ކުރުމަށް ގަސްދުކުރާ ވާހަކަ ދަންނަވާ ކަމަށެވެ.
"މިކަމަށް ދާއިރާގެ އެންމެހާ ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބޭނެކަމަށް އުންމީދުކުރަން.“ ޒީނާޒްގެ ޕޯސްޓެއްގައި ލިޔުއްވާފައިވެއެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމެވީ، ދާއިރާގެ ރައްޔިތުންގެ އަޑު އިއްވައި, އަންހެނުން ބާރުވެރިކޮށް, ޒުވާނުންނަށް ދުޅަހެޔޮ މުސްތަގުބަލެއް ހޯދައިދިނުމަށް ވަކާލާތު ކުރެއްވުމަށް ކަމަށް ކަމަށެވެ. އަދިވދާއިރާއާއި ފުވައްމުލަކު ސިޓީގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.