ޚަބަރު ސަރުކާރު

ފްލެޓު ދޫކުރުމުގައި އެއްވެސް އިހުމާލެއް ނުވަން: ޕްލޭނިން މިނިސްޓްރީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބިންވެރިޔާ ސްކީމްގެ ދަށުން ފްލެޓު ދޫކުރުމުގައި ޕްލޭނިން މިނިސްޓްރީގެ އިހުމާލުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

Ads by MWSC

އޭނާ މިފަދައިން ވިދާޅުވީ މިހާރު ޕްލޭނިން މިނިސްޓްރީގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުގައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ފްލެޓު ލިބުނު 4،000 މީހުންގެ ދާއިމީ ލިސްޓު އާއްމު ކުރުމުން، ބޭ އިންސާފުން ޕޮއިންޓު ދީފައި ހުރިކަން ފާހަގަކޮށް އެތައް ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ސަރުކާރުގެ ނުފޫޒު ގަދަ ފަރާތްތަކަށާއި، އެ ފަރާތްތަކުގެ އާޢިލާގެ މެމްބަރުންނަށް ފްލެޓްތައް ބަހައިލިކަން ވެސް ރައްޔިތުން ދަނީ ފާހަގަކުރަމުންނެވެ. އިއްޔެ ޕްލޭނިން މިނިސްޓްރީއަށް ގޮސް ރައްޔިތުން އިހުތިޖާޖު ކުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން މިނިސްޓްރީއަށް ގޮސް މިކަމުގެ ތަޙުޤީގެއް ވެސް ހިންގަން ފެށިއެވެ.

އަކްރަމް ވިދާޅުވީ އޭސީސީ އިން އެދުނު ހުރިހައި އެއްޗެއް ވެސް ދައްކައިފައިވާނެ ކަމަށާއި، ފޮރުވާނެ އެއްޗެއް ނެތް ކަމަށެވެ. އަދި މިނިސްޓްރީއަށް ވަޑައިގެންނެވި އެ ކޮމިޝަނުގެ ބޭފުޅުން ތިއްބެވީ ހިތްހަމަޖެހިވަޑައިގެން ކަމުގައި ވެސް ވިދާޅުވިއެވެ.

އަދި ސަރުކާރުން ފްލެޓް ދޫކުރި ގޮތާއިމެދު އައު ސަރުކާރުން ބަލާނެ ކަމެއް ނޯންނާނެ ކަމަށާއި، އެޅޭނެ ފިޔަވަޅެއް ނޯންނާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

 

Ads by Allied Insurance
  1. ވައްލަ

    ބުޚްތާން ދޮގު ނުހައްދަވާ. ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އެބަ އޮތް. އެހެން ނޫން ނަމަ ކެލާ މީހުންގެ ތެރޭން ރަންރީނދޫ ނޫން މީހުންނަށް ވެސް ފްލެޓް ލިބުނީސް. އެމްޕީ ވަށައިގެން މުގޯލި ނާޅާ ކެލާ މީހަކު ތި ލިސްޓަކު ނެތް. ވޯޓުލެވޭ ކެލާގެ 700 އަށް ވުރެ ގިނަ މީހުން މާލޭގައި ދިރިއުޅޭ. ފްލެޓު ޙައްޤީ ހަމައެކަނި ރީނދޫ ހުމުގެ ބައިގަނޑަށް އެކަނި ބާ.

  2. ޢާމީ

    ވަރަށްބޮޑު ތެދުު ފުޅެއް ހައްދަވައިފި މިނިސްޓްރީން އިހުމާލް ނުވާކަމަށް އެކަމަކު އެތަނުގަ ތިއްބެވި ބޭފުޅުން އިހުމާލް ވެފަވަނީ އެހެން ނޫންތޯ

  3. ދޫނުދޭތި

    ސާބަހޭ އަކްރަމް ސާބަހޭ އަސްލަންޓޭ ޖައްސާ ޖަައްސާ ލާރޖް ކޮށް ޖައްސާ ތިޔާއީ އަދުރޭ ބުނެގެން ޕީއެންސީ ގައި ތިބި ބޮޑެތި ވަގުން ތަކެއް ގޮސް އޭސީސީގައި ތިބި ބޮޑެތި ވަގުންނާއި ގުޅިގެން ރައީސް އިބޫގެ ސަރުކާރުން ދޭން އުޅޭ ފްލެޓްސް ދިނުން ހުއްޓާލާ އަދުރޭ އާއި މުއިއްޒު އަށް ފެންނަ ބަޔަކަށް ފްލެޓްސް ދީ މަޖްލީސް އިންތިޚާބުގައި އެމެން މަކަރާއި ހީލަތުން ވޯޓް ހޯދަން ކުރާ ކަމެކޭ އެއްގޮތަކަށް ވެސް ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި