ޚަބަރު

ވިލިނގިލިގައި ޒުވާނަކު މަރުވި މައްސަލައެއް ތަހުގީގު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ގއ. ވިލިނގިލިން މިއަދު މަރުވި 24 އަހަރުގެ ޒުވާނާގެ މަރުގެ މައްސަލައިގައި ހަތަރު މީހަކު އެރަށުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ގއ. އަތޮޅު ހޮސްޕިޓަލަށް ރޭ ފަތިހު 5:00 ހާއިރު ގެންދިޔަ 24 އަހަރުގެ ދިވެހި ފިރިހެނަކު ހޮސްޕިޓަލަށް ގެނައިރުވެސް ނިޔާވެފައިވާ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އާއި ގުޅުން ހުރި މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮތްވާ ފެނުނީ އެރަށު ހައިޑްޕާކް، މުހައްމަދު މުސްތަފާ ނަމަކަށް ކިޔާ ޒުވާނެކެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޒުވާނާ މަރުވީ ޕާޓީ ޑްރަގަށް އޯވާޑޯސްވެގެންނެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެވާހަކަ އަދި ޔަގީންކޮށް ނުދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!