ޓައިވާނުގެ ކަނޑުއޮޅިގައި ޗައިނާގެ ކެރިއާ ގްރޫޕެއް ބަލަހައްޓަނީ
ޓައިވާންގެ ނާޒުކު ކަނޑުއޮޅިން ދަތުރުކުރާ މަތިންދާ ބޯޓު އުފުލާ އުޅަނދު ޝެންޑޮންގް އިސްވެ އޮވެ ޗައިނާގެ ކަނޑުގެ ސިފައިން ގެނައުމަށް ޓައިވާނުގެ އަސްކަރިއްޔާއިން ސިފައިން ފޮނުވާފައިވާ ކަމަށް ޓައިވާނުގެ ދިފާއީ ވުޒާރާއިން ބުރާސްފަތި ދުވަހު ބުނެފިއެވެ.
މިދިޔަ އޭޕްރީލް މަހު ޓައިވާނުގެ ވަށައިގެން ޗައިނާގެ އަސްކަރީ ތަމްރީނުތަކުގައި ޝަންޑޮންގް ބައިވެރިވި އިރު، އަނެއްކާ ވެސް މިދިޔަ މަހު ވަނީ ޕެސިފިކް ސަރަހައްދަށް ވަދެފަ އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޝަންޑޮންގް ގެ އިސްނެންގެވުމުގެ މަތިން އުފެދުނު ފޯމޭޝަން ބުދަ ދުވަހުގެ މެންދުރު ފަހު ޓައިވާން ކަނޑުއޮޅިއަށް ވަދެފައިވަނީ އުތުރުގެ ދިމާލަކަށް ކަމަށާއި ނަމަވެސް އެ ސަރަހައްދުގެ މެދުގައި ނުރަސްމީ ހުރަހެއް ކަމަށްވާ ވޯޓާވޭގެ މީޑިއަން ލައިންގެ ޗައިނާ ފަރާތުގައި ހިފަހައްޓައިގެން ކަމަށެވެ.
ޗައިނާއިން ބުނަނީ ޓައިވާން ކަނޑުއޮޅިއަކީ ބައިނަލްއަގްވާމީ ކަނޑުގެ މަގެއް ނޫން ކަމަށާއި އެތަނުގައި ސިޔާދަތު އޮންނަނީ ހަމައެކަނި އެގައުމަށް ކަމަށާއި އެއީ ޓައިވާނާއި އެމެރިކާ އިން ވެސް ދެބަސްވާ ކަމެއް ކަމަށެވެ. އެމެރިކާއިން ގިނަފަހަރަށް ކަނޑުއޮޅިން ހަނގުރާމަމަތީ އުޅަނދުތައް ފޮނުވަނީ އެންމެ ފަހުން މިދިޔަ ހަފުތާގައި ކެނެޑާގެ ފްރިގޭޓަކާ އެކުގައެވެ.
ޓައިވާންގެ ދިފާއީ ވުޒާރާއިން ބުނީ ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށް ޗައިނާގެ ކެރިއާ ގްރޫޕުން އުތުރަށް ދަތުރުކުރަމުން އަންނަ ކަމަށެވެ. އަދި ޓައިވާނުން ވަނީ ބަލަހައްޓަން އެކަށީގެންވާ ސިފައިން ފޮނުވާފައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.