ޚަބަރު

ދުވަސްވީ ދެމަފިރިންގެ ގެއިން ފައިސާ ވަގަށް ނެގި މީހާ ދޫކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

ގދ. ގައްދޫގެ އުމުރުން ދުވަސްވީ ދެމަފިރިއެއްގެ ގެއިން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ މިދިއަ ހޯމަދުވަހު ދޫކޮށްލައިފި އެވެ.

Ads by MWSC

އެ މައްސަލައިގައި ހައްޔަރުކުރި މިހާ ދޫކޮށްލިކަން ފުލުހުން ވެސް ވަނީ ކަށްވަރުކޮށް ދީފައެވެ. އޭނާ ދޫކޮށްލިއިރު ބަންދުގެ މުއްދަތަށް ވަނީ 10 ދުވަސް ޖަހާފަ އެވެ. ނަމަވެސް ބަންދުގެ މުއްދަތު ހަމަވުމުގެ ކުރިން މިދިޔަ ހޯމަ ދުވަހު އޭނާ ދޫކޮށްލީ، ތަހުގީގު ފުރިހަމަކޮށްފައި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ.

މުސްކުޅި އެ ދެމަފިރިންގެ ގެއިން ވައްކަން ކޮށްފައިވަނީ ފިރިހެން މީހާ ފަތިސް ނަމާދަށްދިޔަ ވަގުތުގަ އެވެ. އެއީ ގައްދޫ މިސްކިތެއްގެ އިމާމެކެވެ. އެގައަށް ވައްކަން ކުރެ ވަދެފައިވަނީ ގޭގެ ދޮރު ހަލާކުކޮށްގެންނެވެ. އަދި ފައިސާ ރައްކާކޮށްފައި ހުރި ކަބަޑުން ފައިސާ ނަގާފައިވަނީ ވެސް ކަބަޑު ހަލާކު ކުރުމަށްފަހު އެވެ. ގޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ އަންހެން މީހާއަކީ ހިނގާ ބިގާވެ އުޅެވޭ މީހެއް ނޫނެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެގެއިން ވައްކަން ވަގަށް ނަގާފައިވަނީ 95،000 ދިވެހި ރުފިޔާ އާއި، 1000 ޑޮލަރު ކަމަށެވެ. މައްސަލާގައި ތުހުމަތުކޮށް ހައްޔަރު ކުރި މީހާ ދޫކޮށްލި ނަމަވެސް މިހާތަނަށް އެފައިސާއެއް ފުލުހުންނަކަށް ހޯދިފައެެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!