ޚަބަރު

ވިލިވަރު ކަރަންޓީން ފެސިލިޓީ ދުނިޔޭގެ ސަމާލުކަމަށް!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ޖެހޭ މީހުން އެކަހެރި ކުރުމަށް މާލެ އަތޮޅު ވިލިވަރުގައި ހެދި ކަރަންޓީނު ފެސިލިޓީ ދުނިޔޭގެ މީޑިއަތަކުގެ ސަމާލުކަން ހޯދަން ފަށައިފިއެވެ.

Ads by Sosun Fihaara

ވިލިވަރުގައި ތަރައްޤީކޮށްފައި މިކަރަންޓީނު ފެސިލިޓީ ހަދާފައިވަނީ އެންމެ 10 ދުވަހުގެ ތެރޭގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ޗައިނާގެ ޚަބަރު ފަތުރާ މީޑިއާއެއްކަމަށްވާ "ސައުތު ޗައިނާ މޯނިންގ ޕޯސްޓް ނިއުސް"އިން ވަނީ މިކަރަންޓީން ފެސިލިޓީގެ މަޢުލޫމާތު ޓުވިޓާ މެދުވެރިކޮށް ޙިއްސާކޮށްފައެވެ.

އެ މީޑިއާއިން ބުނެފައިވަނީ މިއީ ދުނިޔޭގައި މިއީ މިހާތަނަށް ހެދި އެންމެ ހިތްގައިމު ކަރަންޓީން ފެސިލިޓީކަމަށެވެ. އަދި މިތަން ތައްޔާރުކޮށްފައިވަނީ 50 މީހުންގެ މަސައްކަތާއެކު އެންމެ 10 ދުވަހުންކަމުން އެކަމަށް އެ މީޑިއާއިން ބުނެފައިވެއެވެ.

އެ މީޑިއާއިން ރާއްޖޭގެ މި ކަރަންޓީން ފެސިލިޓީގެ ފޮޓޯތަކާއި ވީޑިއޯ ތަކާއިއެކު ޓުވިޓާގައި ހިއްސާކުރުމުން 37 ހާހަށްވުރެ ގިނަ މީހުން ވަނީ މި ވީޑިއޯ ބަލާފައެވެ.

ވިލިވަރު ގެ މަތިން ނަގާފައިވާ ފޮޓޯއަކާއި އެކު ޓްވީޓް ކުރައްވައި ޕްރޮފެސަރު ހަސަން އުގެއިލްވެސް ވަނީ ވިލިވަރަކީ ދުނިޔޭގައި ހެދި އެންމެ ރީތި ކަރަންޓީން ފެސިލީކަން މީގެކުރިން ފާހަގަކުރައްވާފައެވެ.

މި ކަރަންޓީން ފެސިލިޓީއަކީ 30 މީހުންގެ ޖާގައިގެ ތަނެކެވެ. މިތަން ހަދާފައިވަނީ އިތުރަށް ބޭނުންވެއްޖެނަމަ ޖާގަ އިތުރުކޮށް ވޯޑާއި ޓެންޓުވެސް އިތުރު ކުރެވޭގޮތަށެވެ. މި ފެސިލިޓީގައި ފުރިހަމަ ޚިދުމަތްތަކެއް ދިނުމަށްޓަކައި ބޭނުންވާ ހުރިހާ ވަސީލަތެއްވެސް ވަނީ ޤާއިމް ކޮށްފައެވެ.

މި ކަރަންޓިން ފެސިލިޓީ ހެދުމަށް ސަރުކާރުން ވަނީ 2.1 މިލިއަން ރުފިޔާ ހޭދަ ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!