ޚަބަރު

ވިލިނގިލީ މަރުގެ މައްސަލާގައި ހަ މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ގއ. ވިލިނގިލީގައި މިއަދު މަރުވި 24 އަހަރުގެ ޒުވާނާގެ މަރުގެ މައްސަލާގައި ހަ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by MWSC

ފުލުހުން ބުނީ ގއ. އަތޮޅު ހޮސްޕިޓަލަށް ރޭ ފަތިހު 5:00 ހާއިރު ގެންދިޔަ 24 އަހަރުގެ ދިވެހި ފިރިހެނަކު ހޮސްޕިޓަލަށް ގެނައިރުވެސް ނިޔާވެފައިވާ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ރޭ ފަތިހު ކުއްލި ގޮތަކަށް މަރުވެފައިވާ އޮތްވާ ފެނިފައިވަނީ އެރަށު ހައިޑްޕާކް މުހައްމަދު މުސްޠަފާ (24އ)އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކޯޓުއަމުރާއެކު މިހާތަނަށް ހަ ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 24 އަހަރުގެ ދެ މީހަކާއި 18 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެއް ކަމަށާއި އެ އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޒުވާނާ މަރުވީ ޕާޓީ ޑްރަގަށް އޯވާޑޯސްވެގެންނެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެވާހަކަ އަދި ޔަގީންކޮށް ނުދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!