ޚަބަރު

ހުޅުމާލޭގެ ޕޭވްމަންޓު މަތީގައި ބަހައްޓާފައިވާ ގޮނޑިތަކާއި މޭޒުތައް ނަގަން އަންގައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރު މަތީގައި  ވިޔަފާރިކުރުމަށް ބަހައްޓާފައިވާ ގޮނޑިތަކާއި މޭޒުތައް ނަގަން އާބަންކޯ އިން އަންގައިފިއެވެ.

Ads by STELCO

އާބަންކޯ އިން ކުރި އިއުލާނުގައި ބުނީ ޕޭވްމަންޓާއި ހެޖުތެރޭގައި ކެފޭ، ރެސްޓޯރެންޓު އަދި ޖޫގޯ ޕޮއިންޓްތަކުން ގަވައިދާ ހިލާފަށް ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ޚިދުމަތްދޭ ކަމަށެވެ.

އެހެން ކަމުން އެ ސަރަހައްދުގައި ވިޔަފާރި އުސޫލުން ބޭނުންކުރުމަށް ބަހައްޓާފައިވާ ގޮނޑިއާ މޭޒުތައް އަންނަ ހޯމަ ދުވަހުގެ ކުރިން ނެގުމަށް އަންގާފައި ވެއެވެ.

އާބަންކޯއިން ބުނީ އެ މުއްދަތުގެ ތެރޭގައި އެ ތަކެތި ނުނަގައިފިނަމަ، އެ ތަން ސާފުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށް ގެންދާނެ ކަމަށެވެ.

މިގޮތުން ސާފުކުރުމުގެ ތެރޭގައި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަށް އާބަންކޯ އިން ޒިންމާ ނުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން އާބަންކޯ އިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ހިޔާ ފްލެޓު ސަރަހައްދުގެ ބީޗު ސަރަހައްދުގައި ބަހައްޓާފައިވާ ހެދިކާ ހަޓުތައް ވެސް ނަގަން އަންގާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!