ތަފާތު މަންޒަރެއް: ހުވާ ކުރެއްވުމަށް ފަހު ރައީސާއި ނައިބު ރައީސް ވަޑައިގަތީ މަޣްރިބް ނަމާދު ޖަމާޢަތަށް!

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް، މަޣުރިބު ނަމާދު ޖަމާއަތުގައި ކުރައްވައިފިއެވެ.
ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތު ނިމުނުއިރު މަޣްރިބު ނަމާދުގެ ވަގުތު ގާތްގަނޑަކަށް ވަނީ ޖެހިފައެވެ. އެހެންކަމުން ޖަލްސާ ނިމުމުން ރައީސް ޑރ. މުޢިއްޒާއި ނައިބު ރައީސް ވަޑައިގެންނެވީ އިސްލާމީ މަރުކަޒަށެވެ.
އިސްލާމީ މަރުކަޒުގައި އިމާމްވެ ނަމާދު ކުރެއްވީ މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރަކަށް އައްޔަން ކުރައްވާ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.
އާއްމު ގޮތެއްގައި ރައީސްކަމުގެ ހުވާ ކުރައްވާ ބޭފުޅުން ހުވާ ކުރެއްވުމަށްފަހު އަވަސްވެ ގަންނާނީ ރައީސް އޮފީހަށް ވަޑައިގެން ކެބިނެޓު އެކުލަވާލުމުގެ މަސައްކަތް ކުރެއްވުމަށެވެ.
ތި ވަޒީރުންގެ ތެރޭން އިގްތިސޯދީ ވަޒީރު އަދި ތިމާވެއްޓާއި ހަކަތަ އާއި ބެހޭ ވަޒީރު ތޯބެ އެއީ ތަޖްރިބާ އާއި އަދި އެކަމުގެ އިލްމް ލިބިފައިވާ މީހުން ދެން މަމެންނަށް ނުފެނޭ ތިޔާތަނުން ކަމާއި ގުޅޭ އިލްމާއި ތަޖްރިބާ ލިބިފައިވާ ވަޒީރުން ފަތުރުވެރިކަމުގެ ވަޒީރު ކިޔެވީ ކޮން ވައްތަރު ފަތުރުވެރި ކަމެއްތޭ ޚާރިޖީ ވަޒީރު އެއީ ގައުމުގެ މޫނުމަތި އޭނާގެ ޚަރިޖީ އިލްމަކީ ކޮބާތޭ ވިޔަފާރި އާއި އިދާރީ ދާއިރާެއިން މާސްޓަރސް ނެގުން އެއީ ޚާރިޖީ ވަޒީރު ކަމަށް ކުފޫހަމަވާ
ހުވާ ކުރީވެސް އިސްލާމް ދީނަށް ހުރުމަތް ތެރިކޮށް ހިތަން ވީމާ ނަމާދު ވަގުތު ވަނީމާ ވަލިއްޔުލް އަމަރު އެންމެ އަވަސް ވެގަންނަން ޖެހެނީ ޢުޒުރެއް ނެތިއްޔާ ޖަމާޢަތުގައި ނަމާދުކުރަން އެއީ ނުންތޯ އިސްލާމް ދީނަށް ހުރުމަތްތެރި ކޮށް ހިތުމަކީ !
ހުވާ ކުރީވެސް އިސްލާމް ދީނަށް ހުރުމަތް ތެރިކޮށް ހިތަން ވީމާ ނަމާދު ވަގުތު ވަނީމާ ވަލިއްޔުލް އަމަރު އެންމެ އަވަސް ވެގަންނަން ޖެހެނީ ޢުޒުރެއް ނެތިއްޔާ ޖަމާޢަތުގައި ނަމާދުކުރަން އެއީ ނުންތޯ އިސްލާމް ދީނަށް ހުރުމަތްތެރި ކޮށް ހިތުމަކީ !
ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް، އަކީ މީގެ ކުރިން ދުވަހަކު ނަމާދު ކުރި މީހެއް ނުން….. ހަމަ މަގުމަތީގަ ވިއްކަން އުޅުނީ ވަރަށް ސާފު…