ޚަބަރު

މި ސަރުކާރުގެ 14 ހަފްތާގެ ގުނާނީ ބަންދު ދުވަސްތައް ވެސް ހިމަނައިގެން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސުލްޖުމުހޫއްރީއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ގުނާނީ ބަންދު ދުވަސްތައް ވެސް ލައިގެން ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

Ads by STELCO
ރައީސް އޮފީހުގެ މިނިސްޓަރ ފޯ ސްޓްރެޓިޖިކް ކޮމިއުނިކޭޝަން އިބްރާޙިމް ހަލީލް އޮންލައިން ނޫސް "އައްޑޫލައިވް" އަށް ވިދާޅުވީ މި ސަރުކާރުން މަގު ޗާޓު ހެދީ ކުރީ 14 ހަފްތާއަށް ކަމަށާއި، އެގޮތަށް ބަލާއިރު ބަންދު ދުވަސްތައް ހަފްތާ ތެރޭގައި ހިމެނޭނެ ކަމަށެވެ.
އަދި އެންމެހައި މަސައްކަތެއްވެސް ކަނޑައެޅިފައިވާ މުއްދަތައް ނިންމަން މަސައްކަތް ކުރާނެ ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވި ގޮތުގައި ރައީސް ބޭނުންފުޅުވަނީ، ސަރުކާރުގެ ކޮންމެ ދުވަހަކީވެސް ހަލުވި ދުވަހެއްގެ ގޮތުގައި ހެދުމަށް ކަމަށް ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން "ހަފްތާ 14" މަގުޗާޓު ވަނީ ވެރިކަމުގެ ހުވައި ކުރެއްވުމުގެ ކުރިން ނެރުއްވައިފައެވެ. މި މަގު ޗާޓުގައި އަށް ދާއިރާއަކުން 161 ވަޢުދު ހިމަނުއްވައިފައިވެއެވެ.

ރޭ މާފަންނު ގަޑިބުރު އިފްތިތާޙު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ އެންމެހައި ރައްޔިތުން ގެދޮރުވެރި ކުރުވަން ވެވަޑައިގެންނެވި ވަޢުދުފުޅު ތަކުރާރު ކުރައްވައި، ފުށިދިއްގަރުފަޅު މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފެއްޓެވުމަށް އަމާޒު ހިފައިފައިވާ ކަމަށް ވިދާޅުވެފައެވެ.

Ads by Allied Insurance
  1. މަހަށްދޭބަލަ

    ޚާރިޖީ ވަޒީރު ޒަމީރު އަޅެ ބުނެދީފާނަންތޭ ތަ އިންޑިއާ ސިފައިން ބާލަން އެކުލަވާލާފައިވާ ތާވަލް އަކީ ކޮބައިތޭ ނެތް ދޯ ނުވެސް ދަންނަން ދޯ ތާވަލް އެއް އެކުުލަވާލަން ޖެހޭނެ ކަަމަށް ބޮޑު ކޯޓް ލައިގެން ބެބޫ ހެދިގެން ލޯ ބޮޑު ކަޅު އައިނު އަޅައިގެން ނޫސްވެރިން ކުރިމަތީގައި އެނބުރިނީމާ ނިމުނީއޭ އެހެންތޭ ރަނގަޅު ތައް ތިޔާ ހުރީ އިންޑިއާ ސިފައިން ބޭލިފައޭ ތަ ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ…

  2. ކުރާށޭ

    ހޯމްލޭންޑް ސެކިއުރިޓީ އާއި ބެހޭ ވުޒާރާ އިން މާލެ ތެރޭގައި ކުރާ ވަައްކަމާއި އަދި މާރާމާރީ ހުއްޓުވުމަށް ޓަކައި މާލެ ތެރޭގައި 24 ގަޑިއިރު ފޯރި މަރަން ފުލުހުން ނެރޭށޭ ހުޅުމާލެ އާއި ގުޅިފަޅާއި އަދި ތިލަފުށީގައި ވެސް ފޯރި މަރާށޭ މީހަކު މަރާލުމުން އެތަނަށް ގޮސް އަރި ހުރަހަށް ފޮޓޯ ނޫނޭ ނަގާނީ ފުށް ތައް ތަންތަނުގައި ހާކާފައި އެއީ އެއް ނޫނޭ ރައްޔިތުން ބޭނުންވާ ގޮތަކީ ފުލުހުންނަކީ ވަރަށް ފަރުވާ ކުޑަ ގަމާރު ބައެކޭ ކޯން ގަނޑުވެސް ހުންނަނީ މަގުމައްޗަށް އުކާލާފައޭ ފުލުހުން ނެރޭށޭ މަައިދާނަށް އެމެން ކުކުޅު ފައި މަޅާލަން ފުލުހުންގެ އިދާރާ ތެރޭގައި ނުބައިތިއްބާށޭ ނުބައިތިއްބާށޭ ނުބައިތިއްބާށޭ ނުބައިތިއްބާށޭ ނުބައިތިއްބާށޭ ނުބައިތިއްބާށޭ ނުބައިތިއްބާށޭ ނުބައިތިއްބާށޭ ނުބައިތިއްބާށޭ ނުބައިތިއްބާށޭ ނުބައިތިއްބާށޭ ނުބައިތިއްބާށޭ ނުބައިތިއްބާށޭ ނުބައިތިއްބާށޭ ނުބައިތިއްބާށޭ ނުބައިތިއްބާށޭ ނުބައިތިއްބާށޭ