ޚަބަރު

އަރަބިއްޔާ އިން ވަކިކުރި ޕްރިންސިޕަލަށް އަލުން ވަޒީފާ ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޢަރަބިއްޔާ ސްކޫލްގެ ޕްރޮންސިޕަލްގެ މަޤާމުން ވަކިކުރި، މުޙައްމަދު ޝުޖާއު ޢަބްދުއްރަޙީމް އަލުން އެ މަޤާމަށް ހަމަޖައްސަވައިފިއެވެ.

Ads by Sosun Fihaara

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއިކުރައްވައި ޝުޖާއުއަށް ފޮނުއްވި ސިޓީގައި އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް އޭނާ ބަދަލުކުރަން ނިންމައި މިއަދުން ފެށިގެން އެ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވުމަށް ވަނީ އަންގާފައެވެ.

ޝުޖާއު ވަނީ ޕްރިންސިޕަލު ކަމުން ވަކިކޮށް، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)އަށް ބަދަލުކޮށްފައެވެ. އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ޝުޖާއު ހަމަޖެއްސީ ކުރިން އެމަގާމުގައި ހުންނެވި ނަސްރުﷲ އިސްތިއުފާ ދެއްވުމާ ގުޅިގެން، ޖެނުއަރީ 8، 2018 ގައެވެ. އަރަބިއްޔާ ސްކޫލުގެ ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލާ ވަނީ ހަވާލުކޮށްފައެވެ.

ޝުޖާއު ޕްރިންސިޕަލް ކަމުން ވަކިކުރި ޚަބަރު އެންމެ ފުރަތަމަ ފެންމަތިކޮށްފައިވަނީ ވެސް ސޭވް އަރަބިއްޔާ"ގެ ނަމުގައި ހިންގަމުން އަންނަ ޓްވިޓަރ ހޭންޑަލްއަކުންނެވެ.

އެ ފަރާތުން ކުރި ޓްވީޓެއްގައި ބުނިގޮތުގައި، ޝުޖާއު މަގާމުން ވަކިކުރީ ބެލެނިވެރިން ކުރިއަށް ގެންދާ "ސޭވް އަރަބިއްޔާ" ކެމްޕެއިން ހުއްޓުވުމަށް އޭނާ މަސައްކަތް ނުކުރައްވާތީ އާއި އެ މައްސަލާގައި ބެލެނިވެރިންނާ އެކު އޭނާ ހުންނެވުމުންނެެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!